ރައްޔިތުންގެ މަޖިލީސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް ޢުޒުރުވެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވުމަށްފަހު ރައީސް ނަޝީދު މިއަދު ވަނީ އަލުން މަޖިލީހުގެ ރިޔާސަތާ ޙަވާލުވެ ވަޑައިގަންނަވާފައެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުމަކަށްއައީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށެވެ. ނަމަވެސް މިޖިލީސް ހުއްޓުމަކީ ރާއްޖޭގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށް ވުރެން އަދި މާމަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓާން ޖެހޭ. އެއީ، ދިވެހި ރައްޔިތުންގެ މަސްލަހަތު. ދިވެހިރާއްޖޭގެ މަސްލަހަތު. މި މަޖިލީސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ދިމާވެފައި އޮތް ހާލަތުން އަރައިގަތުމަށް އެމްޑީޕީންނާއި ދައުލަތުގެ އެހެން ބާރުތަކުން ވެސް އެހީތެރިވެފައިނުވުމަކީ އިންތިހާއަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
މަޖިލީސް ހުއްޓިފައިވާ މައްސަލާގައި މަޖިލީހުގެ ރިޔާސަތު ވަގުތީގޮތުން ބަލަހައްޓަވަމުން ގެންދެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ވަނީ ރައީސް ޞާލިޙާއި ބައްދަލު ކުރަށްވާފައެވެ. މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ ބައްދަލުވުމަކީ މަޖިލިސް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯއްދެވުމަށް އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ދެހަފްތާފަހުން މިއަދު ޖަލްސާއެއް ކުރިއަށްދާއިރު މިހަފްތާ ނިމުމުން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު