ހިތުހުރި ދުވަހަކު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަކީ ޤާނޫނުގެ ރޫޙުނޫން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އަނދުން ޙުސައިން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މިހާރު ޢަމަލު ކުރަމުންދަނީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ ޚިލާފަށްކަމަށެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތާ ޙަވާލުވުމަށްވެސް ވަކި ހަމަތަކެއް ޤާނޫނީ ގޮތުން ހަމަޖެހިފައިވާކަމަށް އަނދުން ޙުސައިން މިއަދު ވިދާޅުވިއެވެ.
އަނދުން ޙުސައިން ވިދާޅުވީ މަޖިލީހުގެ ރައީސް މިހާރު ރިޔާސަތު ބަލަހައްޓަވަނީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ.
“އަޅުގަނޑު ޤަބޫލެއް ނުކުރަން ޤާނޫނު އަސާސީ އާއި ޤާނޫނު އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުން އިއްޒަތްތެރި ރައީސަށް ލާޒިމް ކޮށްފައިވާ ކަންކަމަކީ އިޚްތިޔާރީ ކަންކަމުގެ ގޮތުގައި ދެކިވަޑައިގެން ހިތުހުރި ދުވަހަކު ޖަލްސާއަށް އަރާވަޑައިގެން ހިތުހުރި ދުވަހެއްގައި ޖަލްސާ ނުބާއްވަވާ މަޖިލިސް ކުރިއަށް ގެންދެވިދާނެ ކަމަކަށް.” އަނދުން ޙުސައިން މިއަދު ވިދާޅުވިއެވެ.
އަނދުން ހުސައިން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް މަޖިލީހުގެ މެންބަރުންނަށް ލިބިފައިވާ ފުރުސަތަށް ހުރަސްއެޅިފައިވަނީ މަޖިލީހުގެ ރިޔާސަތުން ޢަމަލުކުރަށްވާ ގޮތުގެ ސަބަބުން ކަމަށެވެ.
އަނދުން ހުސައިން ވަނީ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވަވައި އެމްޑީޕީން މިއަދު މަޖިލީހަށް ފޮނުވި ސިޓީގައިވާ ކަންކަމަށް ގޮތެއް ނިންމަވައި ދެއްވުމަށްވެސް މަޖިލީހުގެ ރިޔާސަތުގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު