ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ޙާސިލުވާނެ އެއްވެސް ކަމެއް ނެތްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގެ އެޖެންޑާއޮތީ ނަމެއްގައި ބާއްވާ ޖަލްސާއެއްގެ ގޮތުގައިކަމަށް ފާހަގަ ކުރަށްވައި ރޮޒައިނާ ވިދާޅުވީ މިއަދުގެ ޖަލްސާއިން ޙާސިލްވާނެ ކަމެއްނެތް ކަމަށާއި މަޖިލީހުގައި އޮތް އެއްވެސް މަސައްކަތެއްވެސް ކުރިއަށް ނުދާނެކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަނު ކުރުމެއްނެތި މަޖިލީސް ޗުއްޓީއަށް ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ދުވަސްވަރު ބޮޑެތި ދަތިތައް ކުރިމަތިވާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
“މަޖިލީހުގެ ޖަލްސާއެއް ބޭއްވީމޭ ބުނަން ބާއްވާ ޖަލްސާއެއް މީ މިއަދު. ހާސިލްވާނެ އެއްވެސް ކަމެއް ނެތް. ކޮމެޓީތައްވެސް އެކުލަވާލަން ފުރުސަތެއް ނުދިން.” ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިމޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހުގެ މިއަދުގެ އެޖެންޑާގައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ.
މީގެއިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި، ސިޔާސީ ޕާޓީތަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތާމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް އެޖެންޑާގައި ބުނެފައިވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މިއަހަރުގެ ދެވަނަ ދައުރު ނިމޭނީ ޖޫން މަހުގެ ނިޔަލަށެވެ. އަދި ކުރިއަށް އޮތީ އީދު ބަންދު ދުވަސްތަކާއި އީދާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބަންދުކަމަށް ކަނޑައަޅުއްވާފައިވާ ދުވަސްތައްކަމުން، މި މަހުގެ ރަސްމީ ފަހު ދުވަހަކީ ބުރާސްފަތި ދުވަހެވެ.
ކޮމިޓީތަކުގެ މައްސަލައިގެ އިތުރުން މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ވެސް އަދި އޮތީ ވަކި ގޮތެއް ނުނިމިއެވެ.

Majleehuge jalsa eh beyvveemey bunan baavvaa jalsa eh mee miadhu. Haasilvaa evves kameh neiy. Committee thahves ekulavaalan furusatheh nudhin. Chuttee ah dhanee EC ah membareh vesnunaga. 5 memberun nethi riyaasy inthihaabakah gos massalathh nimmumuga ethah dhathithah dhimaavaane
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 22, 2023
ރޮޒައިނާ މިމޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހުގެ މިއަދުގެ އެޖެންޑާގައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ.
މީގެއިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި، ސިޔާސީ ޕާޓީތަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތާމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް އެޖެންޑާގައި ބުނެފައިވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މިއަހަރުގެ ދެވަނަ ދައުރު ނިމޭނީ ޖޫން މަހުގެ ނިޔަލަށެވެ. އަދި ކުރިއަށް އޮތީ އީދު ބަންދު ދުވަސްތަކާއި އީދާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބަންދުކަމަށް ކަނޑައަޅުއްވާފައިވާ ދުވަސްތައްކަމުން، މި މަހުގެ ރަސްމީ ފަހު ދުވަހަކީ ބުރާސްފަތި ދުވަހެވެ.
ކޮމިޓީތަކުގެ މައްސަލައިގެ އިތުރުން މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ވެސް އަދި އޮތީ ވަކި ގޮތެއް ނުނިމިއެވެ.
ކިޔުންތެރިންގެ ހިޔާލު