ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ ހުރިހާ މެންބަރުންނަކީވެސް ހަމަހަމަ ބައެއް ކަމަށާއި ނަމަވެސް މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގައި މިނިވަން މެންބަރުންނާމެދު ޢަމަލު ކުރަނީ ބޭއިންސާފުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މަޖިލީސް އަލުން ހިނގައިގަނެ މިއަދު ކުރިއަށްދާ ޖަލްސާގައި މެންބަރު މޮސްޓާ ވިދާޅުވީ މަޖިލީހަށް ހުރިހާ މެންބަރުންވެސް ހޮވިފައިވަނީ ރައްޔިތުންގެ ވޯޓުން ކަމަށާއި އެހެންކަމުން ހުރިހާ މެންބަރުންނަކީވެސް ހަމަހަމަ ބައެއް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުގައި ތިއްބަވަނީ ވަކިގޮތަކަށް “ބޮޑު” މެންބަރުންތަކެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ ކޮންމެ އަހަރެއްގެ ބަޖެޓުގައި މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގައި ތިއްބަވާ މެންބަރުންގެ ދާއިރާތަކަށް ފަހިކޮށް ކަންތައްތައް ހިމަނާފައި އޮންނަ ކަމަށެވެ. ނަމަވެސް އެހެން މެންބަރުން ބަޖެޓުގައި ކަމެއް ހިމަނަން އުޅެންޖެހެނީ ވަރަށް ޙާލުގައި ކަމަށް މޮސްޓާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ލައްވާލަނީ ރޮނޑާލި ކޮމިޓީތަކަށް. ބޮޑު ނަގުލަށްގޮސްފަ އޮންނަ ކޮމިޓީތަކަށް. ވާހަކަދައްކަންވެސް އަޅުގަނޑުމެންނަށް ލިބޭވަރު މަދު. އެކަމަކު މަޖިލީހުގައި އުފުލަންޖެހޭ ޒިންމާ ހަމަހަމަވާނެކަމަށް މި އޮންނަނީ.” މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާއިރު މެންބަރުން ރޮޓޭޓް ވާނެ ގޮތަށް އެކުލަވާލުން މުހިއްމު ކަމަށާއި އޭރުން ވަކިބަޔަކަށް މަޖިލީހުގައި ނުފޫޒުގަދަކަމަށް ހެދިގެން ނުތިއްބެވޭނެ ކަމަށެވެ. މޮސްޓާ ވަނީ ދައުރުތެރޭގައި ކޮންމެ މެންބަރަކަށްވެސް ހުރިހާކޮމިޓީއެއްގައި މަސައްކަތް ކުރެވޭނެ ގޮތަށް ކޮމެޓީތައް އެކުލަވާލުމަށް ހުށައަޅުއްވާފައެވެ.
“ނަމުން އިއްޒަތްތެރި ކިޔާފަ ކަމުން ވަކިބައެއް މި އިއްޒަތްތެރިވަނީ.” މޮސްޓާ މިއަދު ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާ މެދު ބަހުސް ކުރުމަށެވެ. އެކަމަކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ހުށަހެޅުއްވީ ދައުރުގެ ބޭރުން ޖަލްސާއެއް މިއަދު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު