ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިއުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ލީޑަރ ސަން ސިޔާމް ވިދާޅުވީ ރައްޔިތުންނަށް މުހިއްމު ބިލްތަކެއްގެ މަސައްކަތް މަޖިލީހުގައި އެބަ ހުރިކަމަށެވެ. އެހެންކަމުން އެބިލުތައް ނުނިންމައި މަޖިލީސް ޗުއްޓީއަށް ދިއުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ މަޖިލިސް ހިންގުމަށް އެންމެ މުހިންމު މަސައްކަތަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ދައުރު ދަންމާލައިގެން ނަމަވެސް މަޖިލިސް ހިންގޭނެ ގޮތަށް ކަންކަން ބައްޓަންކުރުން މުހިއްމުކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެހެންނޫނީ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ދެވޭނެ އަނިޔާއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ މިމަޖިލިސް މިގޮތަށް ހުއްޓާލައިފިކަމަށް ވަންޏާ." ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ރައްޔިތުން މެންބަރުން އިންތިހާބު ކުރީ ވަރަށް ބޮޑު އުންމީދުތަކަކާއެކު ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ކަންކަން ކުރުމަކީ ކޮންމެ މެންބަރެއްގެ ޒިންމާއެއް ކަމަށެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެކަމަށް ވަކިގޮތެއް ނިމިފައެއް ނުވެއެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާފައި މިވަނީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން އެ ކަންކަމުގައި ގޮތެއް ނިމެންދެން މަޖިލީހުގެ ދައުރު ދަންމާލަން އެމްޑީޕީން އެދިފައިވަނި ކޮށެވެ.

ކިޔުންތެރިންގެ ހިޔާލު