ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ބަގުޑި ބައްދައިގެން އުޅުމަކީ ވަރަށް ޚުދުމުހުތާރު ގޮތެއް ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އިސްމާއީލް ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމަށް ފަސްދޮޅަހަށްވުރެ ގިނަ މެމްބަރުންގެ ވޯޓު ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން މަޖިލިސްގެ ރިޔާސަތުގައި ބަގުޑި ބައްދައިގެން އުޅުމަކީ ވަރަށް ޚުދުމުހުތާރު ގޮތެއް ކަމަށް އިސްމާޢީލް ވިދާޅުވިއެވެ.
އިސްމާއީލް ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް މަޖިލީހުގެ މެންބަރުންގެ ތާޢީދެއްނެތް ކަމަށާއި އިތުބާރު ނެތްކަމަށެވެ. އެހެންވީމާ މަޖިލީހުގެ ރިޔާސަތު ބަދަލުކުރަންޖެހޭ ކަމަށް އިސްމާއީލް މިއަދު ވިދާޅުވިއެވެ.
“އަޅުގަނޑު ވަރަށްބޮޑަށް އެދެން ރިޔާސަތުގައި ބަގުޑި ބައްދައިގެން ތިޔަ އިންނަ އިނުން ނިމުމަކަށް ގެނެސް ރީތި މިސާލު ދައްކަން.” އިސްމާޢީލް ވިދާޅުވިއެވެ.
އިސްމާޢީލް ވިދާޅުވީ މިއަދަކީ ތާރީޚުގައިވެސް މަޖިލީހުގެ އެޖެންޑާ ކުރުވާހަކައެއްގެ ގޮތަށް ލިޔެގެން ބާއްވާ ފުރަތަމަ ޖަލްސާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދުވަނީ ވެރިކަމަށް "ބޫތުކައިފައި" ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
“މަޖިލީހުގެ ރިޔާސަތުގައި އިންނާނީ އަޅުގަނޑެވެ. މަޖިލީހުގެ ހުރިހާ ވަސީލަތްތަކާއި އިމާރާތާއި މުވައްޒަފުނާއި ހުރިހާ އެއްޗެއް ބޭނުންކުރާނީ 54 މެންބަރުންގެ އިތުބާރުނެތް އަޅުގަނޑެވެ. މަޖިލީސް އަލުން ދޮޅުމަސްފަހުން ހުޅުވަންދެން މިހުރިހާ ވަސީލަތްތަކާއި އިއްޒަތާއި ލައްޒަތާއި އަދި މަޖިލީސް ތަމްސީލްކުރަން ބައްދަލުކުރަންޖެހޭ ހުރިހާތަނެއްގައި ބައްދަލުކުރާނީ އަޅުގަނޑެވެ.” ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން އިސްމާޢީލް މިއަދު ވިދާޅުވިއެވެ.
އިސްމާއީލް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެނީ މަޖިލީހުގެ ޤަވާއިދުގައި އެގޮތަށް ކަނޑައަޅާފައިވާތީ ކަމަށެވެ. ހަމައެއާއެކު އެއީ ރައްޔިތުންގެ ނިންމުން ކަމަށްވެސް އިސްމާއީލް މިއަދު ވިދާޅުވިއެވެ. ހަމައެއާއެކު މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ފުރިފައިހުރި ބޭފުޅެއްކަމަށާއި އެއީ މުއައްސަސާތަކަށް އަތްބާނާނެ ބޭފުޅެއް ނޫން ކަމަށްވެސް އިސްމާއީލް ވިދާޅުވިއެވެ.
“ކޯޓުތަކަށް އަތް ނުބާނާނެ. ކޯޓުތަކުގެ ޤާޟީން ހައްޔަރެއް ނުކުރާނެ. ކޯޓުތަކުގެ ފުރާޅުން ޓިނެއް ނުނަގާނެ. މަޖިލީސް މެންބަރުންގެ ދަތްދޮޅިއެއް ދުއްވައެއް ނުލާނެ. މަޖިލީސް މެންބަރުން ފާރުމަތިން އުކައި ނުހަދާނެ.” އިސްމާޢީލް ވިދާޅުވިއެވެ.
އިސްމާޢީލް މިއަދު ވިދާޅުވީ ރައީސް ނަޝީދަށް ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުން ކަމަށެވެ. ހަމައެއާއެކު މަޖިލިސް ހުއްޓުވައި މަޖިލިސް ތެރޭގައި އިދިކޮޅު މެމްބަރުންކުރާ ހުރިހާ ކަމެއްގެ އަޑީގައި ހުންނެވީ ސީދާ ރައީސް ނަޝީދުކަމަށް އިސްމާއިލް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު