ރައީސް ނަޝީދަށް މިހާރު އިތުބާރު ނުކުރަށްވަނީ މަޖިލީހުގެ ރިޔާސަތުގެ ގޮނޑިއަށް ދިއުމުގެ ވިސްނުމުގައި ނޫންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް މިހާރު އިތުބާރު ނުކުރަށްވަނީ ޒާތީ ކަމެއް އޮވެގެން ނޫންކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ޤާނޫނަށް ބޯނުލަނބާކަން ފާހަގަވާކަމަށް އަސްލަމް މިއަދު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ޤަވާއިދަށް ހުށައެޅިފައިވާ އިސްލާޙު މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައިނުވަނީ ޤަވާއިދާ ޚިލާފަށްކަމަށެވެ. ހަމައެއާއެކު ރައީސް ނަޝީދުގެ މައްޗަށް ހުށައެޅި އިމްތިޔާޒްގެ މައްސަލައާއި ބަންޑާރަ ނާއިބުގެ އިތުބާރުގެ މައްސަލައަށް ވީގޮތެއް ނޭނގޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެޖެންޑާގައި ކަމެއް ހިމަަނައިފިނަމަ އެކަމަށް އިޙްތިރާމް ކުރުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށްވެސް އަސްލަމް މިއަދު ވިދާޅުވިއެވެ.
“ހަމަޔަޤީނުންވެސް ޒާތީ އެއްވެސްކަމެއް އަދި ތިޔަ ގޮނޑިއަށް ދިއުމުގެ އެއްވެސްކަހަލަ ވިސްނުމެއްގައެއް ނޫން. މަނިކުފާނާމެދު އަޅުގަނޑުގެ އިތުބާރުނެތީ މިފޮތަށް މަނިކުފާން އިޙްތިރާމް ނުކުރަށްވާކަން އަޅުގަނޑަށް ފާހަގަވާތީ.” ގާނޫނު އަސާސީއަށް އިޝާރަތް ކުރަށްވައި އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ މައްސަލަ އެޖެންޑާކޮށްފައި ވީނަމަވެސް އެމައްސަލައަށް ވޯޓަށް ނޭހުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އިތުރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ނިންމުމަށް އަސްލަމްވަނީ އެދިވަޑައިގެންފައެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ސާފު މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން ކޮމިޓީތައްވެސް އެކުލަވާލުމުގައި އިތުރު ދޫތަކެއް ދެވެންނެތްކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުން ކަނޑައަޅަނީ ކޮމިޓީތަކުގެ މެންބަރުންގެ ވޯޓުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ނަމަވެސް ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލެއްވިއިރު، އެއިން އެއްވެސް ކަމަކަށް ރިއާއަތް ކުރައްވާފައި އަދި ވޯޓަކަށް އައްސަވާފައެއްވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު