އަންނަ ހޯމަ ދުވަހު މުރައިދޫގެއިން ރައީސް ނަޝީދު ނިކުމެވަޑައިގަންނަވާނެކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފިއެވެ.
މަޖިލީހުގެ ސެކްރެޓޭރިއަޓަށް ރައީސް ނަޝީދުގެ އޮފީހުން ފޮނުވާފައިވާ ސިޓީގައި ވަނީ މ. މުރައިދޫ ގެއިން ރައީސް ނަޝީދު އަންނަ ހޯމަ ދުވަހު ނިކުމެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބަދަލުވެވަޑައިގަންނަވަނީ "ގ. ބޭރުވެލި" އަށް ކަމަށް އެސީޓީގައިވެއެވެ.
އަދި އެކަން އަންގަވަންޖެހޭ ދައުލަތުގެ ފަރާތްތަކަށް އަންގަވައިދެއްވުމަށްވެސް ރައީސް ނަޝީދުގެ އޮފީހުގެ ޗީފް އެގްޒެކެޓިވް އަހުމަދު މައުސޫމް ސޮއިކުރަށްވައި މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައިވަނީ ބަޔާން ކޮށްފައެވެ.
“މަޖިލީސް ރައީސް ހުންނަވާ ރަސްމީ ގެއިން ގ. ބޭރުވެލި އަށް 26 ޖޫން 2023 ގައި ބަދަލުވެވަޑައިގަންނަވާނެ ކަމަށް ދަންނަވަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވި.” ސިޓީގައިވެއެވެ.
މަޖިލީހުގެ އިދާރާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ވަކިކުރަން ހުށަހަޅާފައިވާތީީ އެ މައްސަލައިގެ ނޯޓިސް ހަމަވާ ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެއިން ނިކުންނަވާނެ ކަމަށެވެ.
އެގޮތުން އެމަނިކުފާނަކީ މާލޭގައި އުޅޭނެ ގޮތެއްނެތް މީހެއް ނޫން ކަމަށާއި ކެނެރީގެއަށް ބަދަލުވާން ބޭނުންވާކަމަށް އެދުވަހު ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުގެ ނޯޓިހަށް 14 ދުވަސް ހަމަވުމުން މުރައިދޫގެއިން ނިކުންނާނަން.” ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރަން 54 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށް ދިނީ ޖޫން 12 ވަނަ ދުވަހުއެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ ޖޫން 25 ގައެވެ. އެމަނިކުފާނު މުރައިދޫ ގެއިން ނިކުމެވަޑައިގަންނަވަނީ އޭގެ އަނެއް ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު