ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރު އެކޯޓުން ދަމަހައްޓައިފިއެވެ.
ގާނޫނުގައި ބުނާ އަދަދަށް 3000 މެމްބަރުން ހަމަނުވާތީ ނޯޓިސް ދިނުމަށްފަހު އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ މެއި މަހުގެ24 ވަނަ ދުވަހުއެވެ. އަދި އިލެކްޝަނުންވަނީ އެމްއާރްއެމްގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުންވެސް މަނާކޮށްފައެވެ.
އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމުގެ އަމުރަކަށްއެދި އެމްއާރުއެމުން ސިވިލް ކޯޓަށް ހުށައެޅުމުން އެ ކޯޓުންވަނީ 28 މެއިގައި އެގޮތަށް އެއަމުރު ނެރެދީފައެވެ. މިއަމުރުގައި ވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ.
އެއަމުރު މުރާޖަޢާ ކޮށްދިނުމަށްއެދި އިލެކްޝަންސް ކޮމިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ނިންމާފައިވަނީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމާއި ގުޅޭގޮތުން ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ތަންފީޛްކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާ 29 މެއި 2023 ގައި ނެރެދީފައިވާ ސިވިލް ކޯޓްގެ ވަގުތީ އަމުރު މުރާޖަޢާ ކުރެވެންނެތް ކަމަށެވެ.
އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާގޮތުން މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުގެ ނިޔަލަށް އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީކޮށްދީފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު