ޚިޔާނާތްތެރިންނަށް ކައުންސިލަރުންގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ތިބެވިގެން ނުވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ މި މޭރުމުން ވިދާޅުވެފައިވާއިރު ރ. ދުވާފަރު ކައުންސިލްގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ފަރާތްތަކާއެކު އިއުތިރާފްގެ އެއްބަސްވުމެއްހަދައި ނަސޭހަތްދޭން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމާފައެވެ.
ޕީޖީ ނިންމުމަށް ފާޑުވިދާޅުވެ ނާދިރާ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވުމުން އަދަބު ލިބެންޖެހޭނެ ކަމަށެވެ. ހަމައެއާއެކު އެފައިސާ އަނބުރާ ދައްކަން ޝަރުޢީ މަރުޙަލާ މެދުވެރިކޮށް އަންގަންޖެހޭނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.
"ޚިޔާނާތްތެރިވީމަ ރައްޔިތުންނަށް ޚިދުމަތްކުރަން ކައުންސިލް މެންބަރުންގެ ގޮތުގައި ތިބެގެންނުވާނެ." ނާދިރާ ވިދާޅުވެފައިވެއެވެ.
ޕީޖީ އޮފީހުން އިއްޔެ ބުނެފައިވަނީ ރ. ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ޚިލާފަށް މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެގޮތުން ކައުންސިލްގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއްނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ ޢަދަދެއްގެ ފައިސާ ޙަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން ބުނީ މިމީހުން ތަޙުޤީޤުގައި ކުށަށް އިޢުތިރާފުވެ، ޕީޖީ އޮފީހާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާތީ މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޕީޖީން ބުނެފައިވަނީ އިޢުތިރާފްގެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދަޢުވާ އުފުލޭނެކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
މި މައްސަލާގައި އޭސީސީން ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަށުންނެވެ.

Rayyithunge faisaa ah khiyaanaiytheriveema adhabu libenjehey. Ambura faisaa dhakkan sharuee marhalaa medhuverikoh angan jeheyne. Khiyaanaiytheri veema rayyithunnah khidhmaiy kuraakah council memberun ge gothuga thibevigen nuvaane. #dhuvaafaruCouncilKhiyaanaiy
— Nadira (@a_nadraa) June 22, 2023
ޕީޖީ އޮފީހުން އިއްޔެ ބުނެފައިވަނީ ރ. ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ޚިލާފަށް މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެގޮތުން ކައުންސިލްގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއްނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ ޢަދަދެއްގެ ފައިސާ ޙަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން ބުނީ މިމީހުން ތަޙުޤީޤުގައި ކުށަށް އިޢުތިރާފުވެ، ޕީޖީ އޮފީހާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާތީ މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޕީޖީން ބުނެފައިވަނީ އިޢުތިރާފްގެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދަޢުވާ އުފުލޭނެކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
މި މައްސަލާގައި އޭސީސީން ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަށުންނެވެ.
ކިޔުންތެރިންގެ ހިޔާލު