މީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ޔޮޓް ޓުއަރސްގެ ޗެއަރމަން ޖާބިރަކީ ދީލަތިކަމުގެ ނަމޫނާއެއް ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ފިރާޤު މިއަދު ވިދާޅުވީ ޖާބިރަކީ ވިޔަފާރީގައި އޭނާ ކުއްލި އެހީތެރިކަމަކަށް ބޭނުންވި ވަގުތު އެއްވެސް ސުވާލެއް ކުރެއްވުމެއްނެތި ބޮޑު ޢަދަދަކުން އެހީތެރިކަން ފޯރުކޮށްދެއްވި ދީލަތި ބޭފުޅެއް ކަމަށެވެ.
އެގޮތުން މީގެ 12 އަހަރު ކުރިން ބަނގްލަދޭޝްގެ އެއަރލައިނެއްގެ ދަތުރު ރާއްޖެއަށް ފެށުމަށް އެޑްވާންސް ޕޭމަންޓަށްވާ ފައިސާ ދެއްވީ ޖާބިރުކަމަށް ފިރާޤު ވިދާޅުވިއެވެ. އަދި އެކަން ޖާބިރު ކޮށްދެއްވާފައިވަނީ ބުނިބުނުމަށް ކަމަށާއި އެއްވެސް ސުވާލެއްނެތި ކަމަށް ފިރާޤު ވިދާޅުވިއެވެ.
“ބަދަލުގަ އެއްވެސް އެއްޗެއް ނުހޯއްދަވާ. ނުދައްކާން ހުރެފަވެސް މިވާހަކަ ދެއްކުނީ ހަމަ.” ފިރާޤު މިއަދު ވިދާޅުވިއެވެ.
ޗެއަރމަން ޖާބިރަށް ތަޢުރީފުކުރަށްވައި ފިރާޤު ވާހަކަ ދައްކަވާފައިވާއިރު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ޖާބިރަށް ކުޑައިމީސްކޮށް މަޖިލީހުގެ ނައިބުރައީސް އީވާ ވާހަކަ ދައްކަވާފައިވާކަމަށްބުނެ ގިނަބައެއްގެ ފާޑުކިޔުން އީވާއަށް ވަނީ އަމާޒުވެފައެވެ.
އީވާ އިއްޔެ ވިދާޅުވީ މީގެ އަހަރެއް ފަހުން ޖާބިރު އެމްޑީޕީ ބައްލަވައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ. އޭގެއިތުރުން އެމްޑީޕީއަށްވާނީ ޑީއާރްޕީއަށް ވީގޮތް ކަމަށް ވިދާޅުވެ ޖާބިރު ހަވާލުވެވަޑައިގެންނެވި ފަހުން އުވިގެންދިޔަ ޑީއާރްޕީން މިސާލު ނަންގަވައި އީވާ ވަނީ ވާހަކަދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު