މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 23 އިން އޮގަސްޓް 7 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ސެޕްޓެމްބަރު 9ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ޖުލައި23 އިން އޮގަސްޓް 7އަށް އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިން ބަލައިގަންނާނެ ކަމަށެވެ.

އިންތިޚާބާބެހޭ ޢާއްމު ޤާނޫނަށް ގެނައި އިސްލާޙާއެކު އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތަށް ހަތަރު ދުވަސް އިތުރުކޮށް އެ މުއްދަތު 14 ދުވަހަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުންބުނީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާނީ އޮގަސްޓް 9 ގައި ކަމަށެވެ. ހަމައެއާއެކު ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.



ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 282755 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އެންމެފަހުން ބޭއްވި އިންތިހާބުގައި ވޯޓްލުމުގެ ހައްގުލިބިފައި ވަނީ 262135 މީހުންނަށެވެ. އެހެންކަމުން މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާންކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން