އަންހެން ޑިޕްލޮމެޓުންނާއެކު މަސައްކަތް ކުރަން ލިބުމަކީ ފަޚުރެއްކަމަށް ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައެވެ. ޝާހިދު ވިދާޅުވީ ޑިޕްލޮމެޓިކް ދާއިރާގައި އަންހެނުން ކުރަމުންދާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އަގުވަޒަންކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ އަންހެނުންނަށް މިނިސްޓަރ ޝާހިދުވަނީ ތަހުނިޔާފޮނުވާފައެވެ.
ޝާހިދު ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރުގައި މިދުވަސް ފާހަގަކުރަން ފެށީ މިދިޔަ އަހަރު ރާއްޖެއިން އިސްނަގައިގެން ކުރެވުނު މަސައްކަތުންކަމަށާއި، މިދުވަސް ފާހަގަކުރުމަށް އދ. އިން ނިންމި ޤަރާރު ފާސްކޮށްފައިވަނީ ރެކޯޑް ޢަދަދެއްގެ ކޯ-ސްޕޮންސަރުންނާއެކުގައިކަމަށެވެ.
“ޤާބިލް އެތައް އަންހެން ޑިޕްލޮމެޓުންނާއެކު ކޮންމެ ދުވަހަކު މަސައްކަތް ކުރަން ލިބުމަކީ އަޅުގަނޑަށް ލިބޭ ފަޚުރެއް. އުފަލެއް. ޑިޕްލޮމެޓިކް ދާއިރާގައި އަންހެނުން ކުރަމުންދާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އަގު ވަޒަންކުރަމާތޯ!” ޝާހިދު ވިދާޅުވެފައިވެއެވެ.
ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ. އިން ފާސްކޮށްފައިވަނީ ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 24 ވަނަ ދުވެހެވެ.

ކިޔުންތެރިންގެ ހިޔާލު