ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއި އިދިކޮޅު ޕީޕީއެމްގެ މަޝްވަރާތައް ފަށައިފިއެވެ.
މިހާރު ރަޖިސްޓްރީކުރުމަށް ހުށައަޅާފައިވާ ދަ ޑިމޮކްރެޓްސް އިން މިއަދު ބުނެފައިވަނީ ދެޕާޓީން އެކުގައި މަސައްކަތްކުރުމާ ގުޅޭ މަޝްވަރާތައް މިއަދު ހެނދުނު 11:00 ގައި ފަށާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ބައްދަލުވުމުގެ ތަފްސީލް މީޑިއާތަކާ ޙިއްސާކުރާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.
މީގެކުރިން މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމްވެސް ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަޖިލީހުގައި ނުރަސްމީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމަށް ރަސްމީ ސިފައެއް ގެނައުމުގެ މަޝްވަރާތައް ފަށާނެކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ހަމައެއާއެކު ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށްއުޅުއްވާ މަޖިލީހުގެ ނާއިބުރައީސް އީވާ ޢަބްދުالله ވިދާޅުވީ ގުޅެންޖެހުނު ކޮންމެ ބަޔަކާ ގުޅިގެން ނަމަވެސް މި ސަރުކާރު ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު