"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގަވައިފިއެވެ.
މިކަން ހާމަކުރަށްވާފައިވަނީ އީސީގެ ނާއިބުރައީސް އިސްމާޢީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޙަބީބް ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް މިހާރުވާނީ އެކަން ދަންނަވާފައި ކަމަށް ޙަބީބު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް އަށް 3000 މީހުންގެ ސޮއި ހަމަކޮށްގެން ހުށަހެޅުމުންވެސް ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވާތީ އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މީގެ ކުރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްވެފައެއް ނުވެއެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށައެޅީ 3،565 މެންބަރުންގެ ފޯމާ އެކުގައެވެ. އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ އޭގެތެރޭގައި 3000 އަށްވުރެ ގިނަ ސައްހަ ފޯމް އެބަހުރިކަމަށެވެ. އަދި މައްސަލަ އުޅޭ ފޯމްތަކުގައިވެސް ހުރީ ކުދިކުދި މައްސަލަކަން ފުއާދު ފާހަގަކުރެއްވިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާނޭ ކަމުގައި، ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް މިހާރުވާނީ…
— Ismail Habeeb (@IsmailHabeeb) June 25, 2023
ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް އަށް 3000 މީހުންގެ ސޮއި ހަމަކޮށްގެން ހުށަހެޅުމުންވެސް ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވާތީ އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މީގެ ކުރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްވެފައެއް ނުވެއެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށައެޅީ 3،565 މެންބަރުންގެ ފޯމާ އެކުގައެވެ. އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ އޭގެތެރޭގައި 3000 އަށްވުރެ ގިނަ ސައްހަ ފޯމް އެބަހުރިކަމަށެވެ. އަދި މައްސަލަ އުޅޭ ފޯމްތަކުގައިވެސް ހުރީ ކުދިކުދި މައްސަލަކަން ފުއާދު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު