ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޔޮޓް ޓުއަރސްގެ ޗެއަރމަން ޖާބިރު އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.
މިއަދު ސޯލްޓް ކެފޭގައި ސަޤާފީ ޙަރަކާތްތަކާއެކު ބޭއްވި ރަސްމިއްޔާތެއްގައި ޖާބިރު އެމްޑީޕީއަށް ސޮއި ކުރަށްވާފައިވާއިރު މިއީ ޖާބިރު އެމްޑީއަށް ސޮއި ކުރެއްވި 4 ވަނަ ފަހަރެވެ.
މިރަސްމިއްޔާތުގައި ޖާބިރު ވިދާޅުވީ އޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި ކަމަށެވެ. އަދި މިހާތަނަށްވެސް ތާއީދު ކުރީ އެމްޑީޕީއަށް ކަމަށާއި، ހަމައެކަނި ސޮއި ނުކޮށް ހުރީކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރަސްމީކޮށް އެމްޑީޕީ މެމްބަރަކަށް ވީކަމަށް ޖާބިރު ވިދާޅުވިއެވެ.
“އަޅުގަނޑަށް 100 ޕަސެންޓް ޔަގީން މި އިންތިހާބު ކާމިޔާބުވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން.” ޖާބިރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޖާބިރުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ. ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވުމުން މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަށްވާ މެމްބަރުންގެ އަދަދު 54އަށް އެރީއެވެ. ޖާބިރު މަޖިލީހުގައި މިހާތަނަށް ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.
ޖާބިރު މީގެކުރިން ވަނީ ޑީއާރުޕީގެ ލީޑަރުކަންވެސް ކުރަށްވާފައެވެ. ނަމަވެސް މެންބަރުން ހަމަނުވުމުގެ ސަބަބުން ޑިއާރުޕީ އުވާލުމާ ގުޅިގެން ގްރީން ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްވެސް ޖާބިރު ކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު