ދީނާއި ސަޤާފަތަށް ގޮންޖަހަން ބޭނުންކުރާ ހަތިޔާރަކަށް އެމްޑީޕީ ދެނެއް ނުހެދޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 18 އަހަރު ފުރުމާ ގުޅިގެން އެޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވަމުން އައްޑޫގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ ދީނާއި ސަޤާފަތަށް ގޮންޖަހަން ބޭނުންކުރާ ހަތިޔާރަކަށް އެމްޑީޕީ ދެނެއް ނުހެދޭނެ ކަމަށެވެ.

ޢަލީ ނިޒާރު މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު އާއި ނައިބުރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝިފާޒް ވަނީ ޕާޓީން ވަކިވެ ވަޑައިގަންނަވާފައެވެ. ހަމައެއާއެކު އެމްޑީޕީގައި މީގެ ކުރިން އިސްކޮށް އުޅުއްވި 13 މަޖިލީސް މެމްބަރުންވެސް އެޕާޓީންވަނީ އިސްތިޢުފާ ދެއްވާފައެވެ.

ޢަލީ ނިޒާރު މިއަދު ވިދާޅުވީ ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުގެ ސަގާފަތުން މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމް.ޑީ.ޕީ މިއަދު ވެފައިވާ ކަމަށެވެ. އެހެންކަމުން ޕާޓީގެ މުސްތަގްބަލް ފެންނަނީ ކުރިއަށްވުރެ އުޖާލާކޮށް ކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.

“ދިވެހިންގެ ދީނާއި ސަޤާފަތަށް ގޮންޖަހަން ބޭނުންކުރާ ހަތިޔާރަކަށް ދެނެއް އެމްޑީޕީ ނެހެދޭނެ.” ޢަލީ ނިޒާރު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އެމްޑީޕީގެ ތެރޭގައި ހަދައިގެން މަސައްކަތް ފައްޓަވާފައެވެ.

އޭގެފަހުން ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ރައީސް ނަޝީދު އަލަށް އުފައްދަން މަސައްކަތްކުރާ ޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަންވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން