ގިނަ ކެންޑިޑޭޓުންނާ ވާދަކުރަށްވައި ރައީސް ޞާލިޙް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ އެމްޑީޕީއަށް 18 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވަމުން މަޙްލޫފް ވިދާޅުވީ ސިޔާސީ މަޝްރަހުގައި މިއަދު ކުޅިބައި އެތުރެމުން ދާގޮތަށް ބަލާއިރު، ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެއް، ފުރަތަމަ ފަހަރަށް އެއްބުރުން ކާމިޔާބު ކުރެއްވުމުގެ ފުރުސަތު މިވަނީ ރައީސް ޞާލިޙަށް ފަހިވެފައިކަމަށެވެ.

އަދި އެއީ އެމްޑީޕީން ހޯދާފައިވާ ވަރަށް ފުރިހަމަ ކާމިޔާބެއްގެ ގޮތުގައި މަޙްލޫފް ސިފަކުރަށްވާފައިވެއެވެ.

“ސިޔާސީ މަޝްރަހުގައި މިއަދު ކުޅިބައި އެތުރެމުން ދާގޮތަށް ބަލާއިރު، ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެއް، ފުރަތަމަ ފަހަރަށް އެއްބުރުން ކާމިޔާބު ކުރެއްވުމުގެ ފުރުސަތު މިވަނީ ރައީސް ޞާލިހު ހޯއްދަވާފަ.”މަޙްލޫފް ވިދާޅުވެފައިވެއެވެ.



މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިކުމެވަޑައިގަންނަވަނީ ކޯލިޝަނަކާއެކު އެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އެމްޑީއޭ އެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން