އަންނި އާއި ޔާމީން ނޫނީ ވައްކަމުގެ ކުށް ސާބިތުވެފައިވާ ރައީސުންނެއް ނެތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރަށްވާ ދަ ޑިމޮކްރެޓްސް އާއި ރައީސް ޔާމީންގެ ޕީޕީއެމުން ގުޅިގެން ސިޔާސީ މަސައްކަތްތައް ފެށުމަށް އިއްޔެ ބޭއްވި މަޝްވަރާތަކަށް ފާޑުވިދާޅުވަމުން މޫސާ ވިދާޅުވީ އަންނި އާއި ޔާމީން ނޫނީ ވައްކަން ކޮށްގެން އަދަބު ލިބުނު ރައީސަކު ރާއްޖޭގައި ނެތްކަމަށެވެ.

ހަމައެއާއެކު އެ ދެބޭފުޅުންނަކީ ޝަރުޢީގޮތުން ވަގުންކަން ސާބިތުވެފައިވާ ދެބޭފުޅުންކަމަށް މޫސާ ވިދާޅުވިއެވެ. މޫސާ އިތުރަށް ވިދާޅުވީ ވަގުންނާ ގުޅޭނީ ވަގުން ކަމަށެވެ.

“ވެލާނާގެއިން ވައްކަން ކުރައްވައިގެން އަރުވާލެއްވި ރައީސް އަންނި އާއި ފަޅުރައްތައް ވިއްކައިގެން ވައްކަން ސާބިތުވެ ޖަލަށް ލާފައިވާ ޔާމީނު ނޫނީ ދެ ވަގުން ކަމަށް ޝަރުޢީ ގޮތުން ކުށް ސާބިތުވެފަވާ އެހެން ރައީސަކުނެތް.” މޫސާ ވިދާޅުވިއެވެ.



މޫކޭ މިމޭރުމުން ވިދާޅުވެފައިވާއިރު ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މެދުގައި ރަސްމީ މަޝްވަރާތައް ފަށާފައިވަނީ އިއްޔެއެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް މީގެ ކުރިން ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަޖިލީހުގައި ނުރަސްމީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމަށް ރަސްމީ ސިފައެއް ގެނައުމުގެ މަޝްވަރާތައް ފަށާނެކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

ހަމައެއާއެކު ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށްއުޅުއްވާ މަޖިލީހުގެ ނާއިބުރައީސް އީވާ ޢަބްދުالله ވިދާޅުވީ ގުޅެންޖެހުނު ކޮންމެ ބަޔަކާ ގުޅިގެން ނަމަވެސް މި ސަރުކާރު ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން