ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއި އިދިކޮޅު ޕީޕީއެމްގެ މަގުމަތީ ޙަރަކާތެއް ޖުލައި 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޕީޕީއެމާއި ޑިމޮކްރެޓްސްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ މަގުމަތީ ޙަރަކާތެއް އަންނަ މަހުގެ 3 ވަނަ ދުވަހު މާލޭގައި އޮންނާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޑިމޮކްރެޓްސްއަކީ ހަގީގީ އެމްޑީޕީ ކަމަށާއި މިހާރު މިކުރާ މަސައްކަތަކީ މިވެރިކަން ބަދަލުކުރަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތް މަޖިލީހުގެ އެތެރެއާއި ބޭރުންވެސް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިމަސައްކަތަކީ ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް ޕީޕީއެމްގެ ލީޑަރޝިޕުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

“އެނގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ އިންސްޓްރަކްޝަންއާ އެކީގަ ނޫނީ ޕީޕީއެމް ޕީއެންސީ ފިޔަވަޅެއްވެސް ނާޅާނެ.” ޝިޔާމް ވިދާޅުވިއެވެ.



އިދިކޮޅު ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަޖިލީހުގައި ނުރަސްމީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމްވެސް ވަނީ ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް އެކަމަށް ރަސްމީ ސިފައެއް ގެނައުމުގެ މަޝްވަރާތައް ފަށާނެކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

ހަމައެއާއެކު ގުޅެންޖެހުނު ބަޔަކާ ގުޅިގެން މި ސަރުކާރު ބަލިކުރާނެކަމަށް އިދިކޮޅު ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ އިސްބޭފުޅުން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން