މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އިޢުލާނުކުރަން ފަށާނެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުންވެސް ގޯތިދިނުމަށް ނިންމައި ރައީސް ޞާލިޙްވަނީ އެކަން އިއުލާނު ކުރައްވާފައިވެއެވެ.
ރައީސް އޮފީހުންބުނީ ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތު ޙިއްޞާކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އާއި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން މިއަދު 16:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.
ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި އެތައް ހާސް ބަޔަކު ވަނީ އެކަމަށް ކުރިމަތިލާފައެވެ. އަދި މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ގޯއްޗާއި ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް މިމަހު އިއުލާންކުރުމަށްކަމަށެވެ. އެގޮތުން ޢީދު ބަންދުގެ ކުރިން އެ ލިސްޓް އިއުލާންކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.
ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.
މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތު ޙިއްޞާކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އަދި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން މިއަދު 16:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާނެ.
— The President's Office (@presidencymv) June 26, 2023
ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި އެތައް ހާސް ބަޔަކު ވަނީ އެކަމަށް ކުރިމަތިލާފައެވެ. އަދި މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ގޯއްޗާއި ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް މިމަހު އިއުލާންކުރުމަށްކަމަށެވެ. އެގޮތުން ޢީދު ބަންދުގެ ކުރިން އެ ލިސްޓް އިއުލާންކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.
ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.
މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު