ޖުމްހޫރީ ޕާޓީގެ ށ. ދާއިރާގެ ރައީސް އަޙްމަދު މާހިރު އާއި ށ. އަތޮޅު ކެންޕެއިން މެނޭޖަރު ޢަބްދުﷲ ޝަފީޤް އެމްޑީޕީއަށް ސޮއި ކުރަށްވައިފިއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ސިޔާސީ ޕާޓީތަކުން ދަނީ އެ ޕާޓީތަކުގެ މެންބަރުން އިތުރުކޮށް ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްޑީޕީން މިއަދު ބުނީ ޖުމްހޫރީ ޕާޓީގެ ށ. ދާއިރާގެ ރައީސް އަޙްމަދު މާހިރު އާއި ށ. އަތޮޅު ކެންޕެއިން މެނޭޖަރު ޢަބްދުﷲ ޝަފީޤް ޖުމްހޫރީ ޕާޓީ ދޫކުރައްވާ އެމްޑީޕީއަށް ސޮއިކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު މުލިއާގޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށެވެ.

މި ދެބޭފުޅުން އެމްޑީޕީއަށް ސޮއި ކުރެއްވީ އެމްޑީޕީގެ އިސްލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ހާޟިރުގައެވެ.



ޖޭޕީގެ އިސްސަފުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ މެންބަރުންތަކެއް ދާދިފަހުންވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެ ވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން