ރާއްޖެއަކީ ރުބެއްލާ އެއްކޮށް ނައްތާލެވިފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ކަނޑައަޅައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިކަން ހާމަކޮށްފައިވަނީ މިއަދު ކޮށްފައިވާ ޓުވީޓެއްގައެވެ. އެޗްޕީއޭގެ ޓުވީޓުގައިވަނީ މިކާމިޔާބީއަށްޓަކައި ރާއްޖޭގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ހެލްތު ޕްރޮފެޝަނަލުންނަށް ޝުކުރު އަދާކޮށްފައެވެ.
އެޗްޕީއޭގެ ޓްވީޓްގައި ވަނީ، މާބަނޑު މީހަަކަށް ރުބެއްލާ ޖެހިއްޖެ ނަމަ ލިބޭ ދަރީން އުފަންވާއިރު އެކުދިންގެ ކިބައިގައި ނުކުޅެދުންތެރިކަމާއި އައިބުތައް ހުރުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަމަށެވެ.
ރާއްޖޭގައި ރުބެއްލާ ނައްތާލެވިފައިވާ ކަމަށް މިއަދު ކަނޑައަޅާފައިވާއިރު، އެބަލި ރާއްޖޭގައި ކޮންޓްރޯލްކޮށްފައި ވާތީ އެކަން ފާހަގަކޮށް 2018 ވަނަ އަހަރު ޑަބުލިޔުއެޗްއޯއިން ވަނީ ޚާއްސަ ލިޔުމެއްވެސް ދީފައެވެ.
ރާއްޖެއިން ނުރައްކާތެރި ބަލިތައްކަމަށްވާ މެލޭރިއާ އާއި ފައިލޭރިއާ އަދި މީސްލްސް އަދި ލެޕްރަސީ ފަދަ ބަލިތައް ނައްތާލެވިފައިވާ ކަމަށް ސަރުކާރާއި ޑަބްލިއުއެޗްއޯ އިން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަ ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

📣WHO declares, Maldives has eliminated Rubella!
— Health Protection Agency (@HPA_MV) July 8, 2020
Congratulations to all the health professionals whose hardwork has made this possible.
Rubella is a disease that can cause many birth defects in children born to infected mothers.
ރާއްޖޭގައި ރުބެއްލާ ނައްތާލެވިފައިވާ ކަމަށް މިއަދު ކަނޑައަޅާފައިވާއިރު، އެބަލި ރާއްޖޭގައި ކޮންޓްރޯލްކޮށްފައި ވާތީ އެކަން ފާހަގަކޮށް 2018 ވަނަ އަހަރު ޑަބުލިޔުއެޗްއޯއިން ވަނީ ޚާއްސަ ލިޔުމެއްވެސް ދީފައެވެ.
ރާއްޖެއިން ނުރައްކާތެރި ބަލިތައްކަމަށްވާ މެލޭރިއާ އާއި ފައިލޭރިއާ އަދި މީސްލްސް އަދި ލެޕްރަސީ ފަދަ ބަލިތައް ނައްތާލެވިފައިވާ ކަމަށް ސަރުކާރާއި ޑަބްލިއުއެޗްއޯ އިން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަ ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު