ރިޔާސީ މިދައުރު ނިމުމުގެކުރިން މާލޭގެ ރައްޔިތުންނަށް ގޯތީގެ އިންވަކިކޮށް ރޯނުދަމާ ގޯތީގެ ފަތްވެސް ދޭނެ ކަމަށް ރައީސް އޮފީހުގެ ސެކްރެޓެރީ ކޮމިއުނިކޭޝަންސް މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން މާލޭ ސަރަޙައްދުން ގޯތިލިބޭ ރައްޔިތުންގެ ލިސްޓު ސަރުކާރުން އިޢުލާނު ކުރުމާ ގުޅިގެން ހިސްކޮ ވިދާޅުވީ ރައީސް ޞާލިޙަކީ ވަޢުދު ފުއްދަވާ ވެރިއެއް ކަމަށެވެ. އެހެންކަމުން ރައީސް ޞާލިޙްގެ ވަޢުދާ އެއްގޮތަށް މިދައުރު ނިމުމުގެ ކުރިން ގޯތީގެ އިން ވަކިކޮށް ގޯތީގެ ފަތްވެސް ދޭނެކަމަށް ހިސްކޮ ވަނީ ވިދާޅުވެފައެވެ.

ހިސްކޮ ވިދާޅުވީ މާލޭގެ މާނޭވާ ހަމަނޭވާއަށް ބަދަލުކޮށްދިނުމަށް ރައީސް ޞާލިޙް ވެވަޑައިގަތް ވައުދު އަކުރުން އަކުރަށް ފުއްދަވާނެ ކަމަށެވެ.

“މިއަދު ލިސްޓު. ރިޔާސީ މި ދައުރު ނިމުމުގެ ކުރިން އިން ވަކިކޮށް ރޯނުދަމާ ގޯތީގެ ފަތްވެސް ދޭނެ. މިއީ ވައުދުވެ، ވާ ވައުދު ފުއްދާ ރައީސެއް.” ހިސްކޮ ވިދާޅުވިއެވެ.



މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ހުޅުވާލި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމުގެ ޝަރުޠުހަމަވާ ކަމަށް ގޯތި ކޮމިޓީން ވަނީ ނިންމަވާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން