ޢަލީ ނިޔާޒް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދާއެކު
ޢަލީ ނިޔާޒް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދާއެކު
ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމުގައި އެމް.ޑީ.ޕީގެ ދެސަރުކާރުންވެސް ނަތީޖާ ނެރެދީފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ޢަލީ ނިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސް ޞާލިޙް އިޢުލާނުކުރެއްވި މަޝްރޫޢުގެ ދަށުން ގޯތިލިބޭ މީހުންގެ ލިސްޓު ސަރުކާރުން އިއްޔެ ވަނީ ޢާއްމު ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރަށްވާ ޢަލީ ނިޔާޒް ވިދާޅުވީ ބޯހިޔާވަހިކަމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީގެ މެނިފެސްޓޯއިން އެންމެ ފުރަތަމަ ޖާގަހޯދާ ސިޔާސަތު ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ދެ ސަރުކާރުގައިވެސް އެންމެ ބޮޑަށް ތަންފީޒުކުރެވި ނަތީޖާނެރެވުނު ސިޔާސަތު ކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

“އެމް.ޑީ.ޕީ ގެ ދެސަރުކާރުން ވެސް ނަތީޖާ ނެރެދީފި. އެމް.ޑީ.ޕީ ސަރުކާރެއް އޮތުން މުހިއްމު.” ޢަލީ ނިޔާޒް ވިދާޅުވިއެވެ.



އެމްޑީޕީއަށް 18 އަހަރުވީ ދުވަހު މާލޭ ރައްޔިތުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އިޢުލާނު ކޮށްފައިވާއިރު ޢަލީ ނިޔާޒް ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމެއް އޮތުމުގެ މުހިންމުކަން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދާދީފައިވާ ގޮތުންވެސް އެނގި ހާމަވަމުންދާ ކަމަށެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިކުމެވަޑައިގަންނަވަނީ ކޯލިޝަނަކާއެކު އެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އެމްޑީއޭ އެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު