ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމާއި ގުޅިގެން ހިންގާ ސްކޭމްތަކާމެދު ސަމާލުވުމަށް އާބަންކޯއިން އިލްތިމާސްކޮށްފިއެވެ.
އާބަންކޯއިން މިފަދަ އިލްތިމާސެއް ކޮށްފައިމިވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއްޔެ އާންމު ކުރުމާ ގުޅިގެންނެވެ.
އާބަންކޯއިން މިއަދު ބުނީ "ބިންވެރިޔާ ސްކީމް"ގެ ގޯތި ނުވަތަ ފުލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް އެ ކޯޕަރޭޝަނުން ނުކުރާނެ ކަމަށާއި، ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެކަން ހަނދުމަކޮށް އަރުވާ ކަމަށެވެ.
އޭގެއިތުރުން އެފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށްވެސް އާބަންކޯ އިން ވަނީ އެދިފައެވެ.
މީގެ ކުރިން ވެސް އާބަންކޯގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި ފައިސާ ވަގަށް ނެގުމުގެ ސްކޭމްތައް ހިންގާފައިވެއެވެ. އެކަންކަމާ ގުޅިގެންވެސް އާބަންކޯއިން ބުނެފައިވަނީ އާބަންކޯއިން އެއްވެސް މީހަކަށް ގުޅައި ވަކި އެކައުންޓަކަށް ފައިސާ ޖަމާކުރަން ނުބުނާނެ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ލިސްޓް އިއްޔެ އިޢުލާނު ކޮށްފައިވާއިރު ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޖޮއިންޓްކޮށް ފޯމު ހުށައަޅައިގެން ގޯތި ހޯދުމަށް ހުށައެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.

⚠ ސަމާލުވެލައްވާ ⚠
— Urbanco (@hdcmaldives) June 27, 2023
އަރބަންކޯގެ ފަރާތުން "ބިންވެރިޔާ ސްކީމް"ގެ ގޯތި ނުވަތަ ފުލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަން ހަނދުމަކޮށް އަރުވަން. pic.twitter.com/rrs7Dtlsgq
މީގެ ކުރިން ވެސް އާބަންކޯގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި ފައިސާ ވަގަށް ނެގުމުގެ ސްކޭމްތައް ހިންގާފައިވެއެވެ. އެކަންކަމާ ގުޅިގެންވެސް އާބަންކޯއިން ބުނެފައިވަނީ އާބަންކޯއިން އެއްވެސް މީހަކަށް ގުޅައި ވަކި އެކައުންޓަކަށް ފައިސާ ޖަމާކުރަން ނުބުނާނެ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ލިސްޓް އިއްޔެ އިޢުލާނު ކޮށްފައިވާއިރު ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޖޮއިންޓްކޮށް ފޯމު ހުށައަޅައިގެން ގޯތި ހޯދުމަށް ހުށައެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު