މިއަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން އއ. ތޮއްޑޫ އަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ތޮއްޑުއަށް ވަޑައިގަތުމުން އެރަށުން ވަނީ ރައީސްގެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެދެކަނބަލުންގެ އިސްތިޤުބާލަށް ގިނަ ޢަދަދެއްގެ ބަޔަކު އެރަށު ބަނދަރު ސަރަޙައްދަށް ޖަމާވިއެވެ.

ޢީދާއި ގުޅިގެން ގިނަޙަރަކާތްތައް ތޮއްޑޫގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނީ މިއަދު މެންދުރު އޮންނަ ޖާފަތާއި ކުޑަކުދިންގެ ހަވީރުގައެވެ.

މިއަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ތޮއްޑޫގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ކުޑަކުދިންގެ ހަވީރުވެސް ހިމެނެއެވެ. އޭގެ އިތުރުން މިރޭ ހުރިހާ އުމުރުފުރާތަކަށް ޚާއްސަކޮށްގެން މިއުޒިކް ޝޯވއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އަޟްޙާ ޢީދު ތޮއްޑޫގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް ތޮއްޑޫ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު