މީހަކަށް މަރުގެ އިންޒާރުދިން މައްސަލާގައި އައްޑޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސ. ހުޅުމީދޫގައި ރަށުތެރޭގެ އަމަން ނަަގާލަން އުޅުނު ކަމުގެ ތުހުމަތުގައި މި މަހުގެ 27 ވަނަ ދުވަހު އުމުުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ.

އެމީހާ ފުުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު 24 ގަޑިއިރު ފަހުން ދޫކޮށްލާފައިވާ ކަމަށާއި އޭގެ ފަހުން އިއްޔެ އަލުން އޭނާ ހައްޔަރުކޮށްފައިވަނީ މީހަކަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ދަނީ ތަހުގީގު ކުރަމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން