މާލޭ ސަރަޙައްދުން ހިލޭބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންނާއި ޝަރުތު ހަމަވާ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން އާއްމުކުރީ މިދިޔަ ހޯމަދުވަހުއެވެ.

ސަރުކާރުން ޢާއްމުކުރި ވަގުތީ ލިސްޓަށް ފާޑު ކިޔަމުންދާ ފަރާތްތަކަށް ރައްދު ދެއްވަމުން މޫސާ ސިރާޖު ވިދާޅުވީ މާލޭ އޭރިއާއިން ހިލޭ ބިން އިންސާފުން ބެހުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އެހެން އެކަން މެދުވެރިވެފައިވަނީ ބޭންކުތަކުން ގެންގުޅޭ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

“ރާއްޖެތެރޭ ރަށްރަށުގައި ގޯތި ހަދަން ބޭންކުން ލޯނު ނުލިބުނަސް މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ހެދުމަށް ބޭންކުތަކުން ލޯނުވެސް ފަސޭހަކަމާއެކު ދޭނެ. މިތަފާތު ކުރުން ނައްތާލަންޖެހޭ.” ސިރާޖު ވިދާޅުވެފައިވެއެވެ.

ސިރާޖު ވިދާޅުވީ ނިކަމެތި މީހާއަށް ގޯތިދޭން ނެރުނު ލިސްޓުގައި މާލޭގައި ބުރިބުރިއަށް ބިޔަ ގެ ނަގައި ރާއްޖެތެރެމީހުންނަށް ކުއްޔަށްދީގެން ތިބި އެތައްމަހުޖަނުން ހިމެނޭ ކަމަށެވެ. އަދި އެއީ ބިޔަ އިމާރާތުން އެއާއިލާތަކަށް ނުފުދޭތީ ކަނޑައެޅިފައިވާ ބިންތައްކަމަށް ސިރާޖު ވިދާޅުވިއެވެ.



މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓަށް ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ މިހާރު ނެރެފައިވާ ވަގުތީ ލިސްޓުގެ ބޭނުމަކީވެސް ޝަކުވާ ހުށަހެޅުން ކަމަށާއި ދާއިމީ ލިސްޓް އަންނައިރު މިހާރުހުރި މައްސަލަތައް އިސްލާހުވާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން