އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑެންގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި ޤުރުޢާން މުޞްޙަފް އަންދާފައިވާތީ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފިއެވެ.

މިކަން ކުއްވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ވަރަށްބޮޑު ނަފްރަތުގެ ޢަމަލެއްކަމަށެވެ. އަދި މިއީ އިޙްތިރާމް ކުޑަ ޢަމަލެއްކަމަށާ، މިފަދަ ޢަމަލުތައް ތަކުރާރުވުމަކީ މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝުޢޫރުތަކަށް އިޙްތިރާމުކުރުމެއްނެތި ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.

އަދި މިއީ ހަމައެކަނި ވާހަކަ ދެއްކުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް ދެކޮޅު ޖެއްސޭނެ ޢަމަލެއްނޫންކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

އިސްލާމޯފޯބިއާގެ މި ބިރުވެރި އަމަލުގެ ސަބަބުން ތަޙައްމަލުކުރުމާއި އެއްބަޔަކު އަނެއްބަޔެއްގެ ދިރިއުޅުމުގެ އުސޫލުތައް ދަމަހައްޓަން ކުރާ މަސައްކަތަށް ބުރޫއަރާކަމަށާ، އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ ނަފްރަތު އުފެދޭ އަމަލުތައް ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާކަމަށްވެސް މި ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން