ޢީދު ފާހަގަކުރުމުގެ ނަމުގައި ރަށްރަށުން ދަށު ދަރަޖައިގެ ޢަމަލްތަކަށް ތަރުޙީބުދޭތީ ޝައިޚް ޒައިދު ޢަޖާއިބުވެއްޖެއެވެ.

ރާއްޖޭގެ ރަށެއްގައި މިފަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބޭއްވި ސްޓޭޖް ޝޯއެއްގައި ނިވާކަންކުޑަ ހެދުން ރަމްޒުވާގޮތަށް ދިވެހިންތަކެއް ހެދުން އަޅައިގެން ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވަނީ މިއީ ޢަޖާއިބުވާފަދަ ކަމެއްކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު “ބުރުގާ އަޅައިގެން ނިވާކަން ކުޑަ ހެދުން ރަމްޒުވާ ގޮތަށް ހެދުން އެޅުމަކީ ކޮންފަދަ ބަލިމަޑު ކަމެއްތޯ” ޒައިދުވަނީ ސުވާލު އުފައްދަވާފައެވެ.

ޒައިދު ވަނީ “ހަމަ އެހާ ވަރަށް އޮރިޔާމުން ނަށާހިތް ވަނީތޯ” އައްސަވާފައެވެ. ހަމައެއާއެކު މިހުންނަނީ ބޮޑެތި މުންކަރާތް ކަމަށްވެސް ވިދާޅުވިއެވެ.

“ އަޖާއިބް! ރަށްރަށުން މިޒާތުގެ ދަށު ދަރަޖައިގެ ޢަމަލްތަކަށް ތަރުޙީބު ދޭތީ ޙައިރާންވަން. މިހުންނަނީ ބޮޑެތި މުންކަރާތް.” ޒައިދު ވިދާޅުވިއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ނެށުމުގައި ބުރުގާ އަޅައިގެންތިބި އަންހެނުންވެސް ބައިވެރިވެފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން