ސަރުކާރު ޕްރޮމޯޓު ކުރާނެހާ ހިތްވަރެއް ނެތިއްޔާ ހުރި ސިޔާސީ މަޤާމުން އިސްތިއުފާދިނުމުގެ ހިތްވަރު ހުންނަންޖެހޭކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާޢީލް، ޝަމްއޫން ޖަލީލް (ލޫކަސް)އަށް ނަސޭޙަތްދެއްވައިފިއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ރައީސް ޞާލިޙުގެ ކެމްޕެއިންގެ ވަޓްސްއެޕް ގްރޫޕެއްގައެވެ. ލޫކަސް އަކީ ހެރިޓޭޖު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެޓަރެއްގެ މަޤާމުގައި ހުރި މީހެކެވެ. އޭނާއަކީ ކުރިން އެމްޑީޕީގެ ވަރުގަދަ ސޯޝަލްމީޑިއާ އެކްޓިވިސްޓެކެވެ. ސޯޝަލްމީޑިއާގައި އެމްޑީޕީ ޕްރޮމޯޓުކުރުމަށް ވަރުގަދައަށް މަސައްކަތްކުރި މީހެކެވެ. އޭނާ މަޝްހޫރުވީވެސް އެމަސައްކަތުންނެވެ.
ފައްޔާޒް ލޫކަސްއަށް ނަސޭޙަތްދެއްވީ މި ބޮޑުޢީދުގައި ލޫކަަސް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އިދިކޮޅު ޕީޕީއެމް ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާއި މާލޭ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއިއެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޢާންމުވުމާ ގުޅިގެންނެވެ. މި ފޮޓޯތަކުން ފެންނަނީ އަދުރޭއާއި ނަރީޝާ ވަރަށް ގާތްކޮށް ލޫކަސް އުޅޭތަނެވެ. އަދި އެދެ ބޭފުޅުން ގޮވައިގެން ބ.ކުޑަރިކިލުގެ އެކިއެކި ތަންތަނަށް ޒިޔާރަތްކޮށް ފޮޓޯނަގާފައިވެއެވެ. ބ.ކުޑަލިކިއްޔަކީ ލޯކަސްގެ އުފަން ރަށެވެ.
ލޫކަސް ވިދާޅުވެފައިވަނީ އަދުރޭއަކީ އޭނާގެ ޅައިރުގެ ހަނދާންތައް، ލޫކަސްގެ އަމިއްލަ ގެއާ ގުޅިފައިވާ މީހެއްކަމަށެވެ. އަދުރޭ އަކީ ލޫކަސްގެ ބައްޕަ މުހައްމަދު ޖަލީލްގެ ގާތް ރަހުމަތްތެރިއެއްކަމަށް ވެއެވެ. މުހައްމަދު ޖަމީލް ވަނީ މިދިޔަ އަހަރު ނިޔާވެފައެވެ.
ފައްޔާޒް ވިދާޅުވެފައިވަނީ މިއީ ބޮޑު މައްސަލައެއް ކަމަށެވެ. ސަބަބަކީ ހަމައެކަނި ފޮޓޯ ނެގުން ނޫންކަމަށާ، ސަރުކާރަށް ނިސްބަތްވާ އެހެން ބައެއް މީހުންވެސް ޕީޕީއެމް މީހުންނާއެކު ފޮޓޯ ނަގާކަމަށެވެ. އެހެންނަމަވެސް ފޮޓޯ ނެގިޔަސް ސަރުކާރު ޕްރޮމޯޓުކުރަން އެމީހުންނަށް ކެރޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ލޫކަސްއަށް ފައްޔާޒު ވިދާޅުވީ މިކަންވެސް ކޮށްފައި ސަރުކާރު ޕްރޮމޯޓުކޮށްލަން ކެރޭނަމަ ރަނގަޅުކަމަށެވެ. ސަރުކާރު ޕްރޮމޯޓުނުކުރާނަމަ ސަރުކާރުގައި ލޫކަސް ހުރި މަޤާމުން އިސްތިއުފާދޭނެހާ ހިތްވަރު ހުރިނަމަ ރަނގަޅުކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތްއިރު ކެމްޕޭންގައި ވަރަށް ވަރުގަދައަށް ލޫކަސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވިއެވެ. ނަމަވެސް ފަހަކަށްއައިސް އޭނާ އެއްގޮތަކަށްވެސް ސަރުކާރު ޕްރޯޓުކުރާތަނެއް ނުފެނެއެވެ. އޭނާއަކީ އެމްޑީޕީން ދާދިފަހުން ވަކިވި އެޕާޓީގެ ރައީސް ނަޝީދަށް ތާޢީދުކުރަށްވާ ބޭފުޅެކެވެ. އަދި ނަޝީދު ސޯޝަލް މީޑިއާގައި ޕްރޮމޯޓު ކުރުމުގައި ވަރަށް އިސްދައުރެއް އަދާކުރަށްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު