ހިނގަމުންމިދާ އަހަރު ދެބައިވިއިރު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 2 ބިލިޔަން ރުފިޔާއަށްވުރެ އިތުރުވެއްޖެއެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް 5.1 ބިލިޔަން ރުފިޔާވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުމުއްދަތުގައި ތަރައްގީގެ މަޝްރޫތަކަށް ޚަރަދުކޮށްފައިވަނީ 3.2 ބިލިޔަން ރުފިޔާއެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު، ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުން އެތައް މަޝްރޫޢެއް ހިންގަމުންނެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ނިޒާމަށެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކް މަޝްރޫޢު މުޅި ރާއްޖޭގައި ހިންގުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

އެހެން މަޝްރޫޢުތަކަށް ބަލާއިރު ތިލަމާލެ ބްރިޖާއި، އެއާޕޯޓާއި، ރާއްޖޭގެ ރަށްރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުތައް ވަރަށްބާރަށް ކުރިއަށްދާކަން ފާހަގަގަކޮށްލަންޖެހެއެވެ. މި މަޝްރޫޢުތަކަށް 1.6 ބިލިޔަން ރުފިޔާ މިއަހަރުގެ މިހާތަނަށް ޚަރަދުކޮށްފައިވެއެވެ. އަދި ބިން ހިއްކުމާއި މަގުތައް ހެދުމުގެ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް 1.2 ބިލިޔަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން