ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އެޕާޓީގެ މުޢައްސިސް ޙަސަން ލަތީފަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ޙަވާލުކޮށްފިއެވެ.
މިކަން ހާމަކުރަށްވާފައިވަނީ އީސީގެ ނާއިބުރައީސް އިސްމާޢީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޙަބީބް ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް މިއަދު ދީފައިވާ ކަމަށެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް އަށް 3000 މީހުންގެ ސޮއި ހަމަކޮށްގެން ހުށަހެޅުމުންވެސް ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވާތީ އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މީގެ ކުރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްވެފައެއް ނުވެއެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށައެޅީ 3،565 މެންބަރުންގެ ފޯމާ އެކުގައެވެ. އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ އޭގެތެރޭގައި 3000 އަށްވުރެ ގިނަ ސައްހަ ފޯމް އެބަހުރިކަމަށެވެ. އަދި މައްސަލަ އުޅޭ ފޯމްތަކުގައިވެސް ހުރީ ކުދިކުދި މައްސަލަކަން ފުއާދު ފާހަގަކުރެއްވިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި.@HassanLatheef @ElectionsMv @MohamedNasheed @The__Democrats…
— Ismail Habeeb (@IsmailHabeeb) July 2, 2023
ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް އަށް 3000 މީހުންގެ ސޮއި ހަމަކޮށްގެން ހުށަހެޅުމުންވެސް ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވާތީ އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މީގެ ކުރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްވެފައެއް ނުވެއެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށައެޅީ 3،565 މެންބަރުންގެ ފޯމާ އެކުގައެވެ. އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ އޭގެތެރޭގައި 3000 އަށްވުރެ ގިނަ ސައްހަ ފޯމް އެބަހުރިކަމަށެވެ. އަދި މައްސަލަ އުޅޭ ފޯމްތަކުގައިވެސް ހުރީ ކުދިކުދި މައްސަލަކަން ފުއާދު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު