އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޑޫސިޓީ ފޭދޫ ނޫކޮކާ ޝާތިފް ޢަލީ ޢައްޔަނުކުރަށްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ޝާތިފް ޢައްޔަނުކުރައްވާފައިވަނީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ޝާތިފަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޕީ.ސީ.ބީގެ ރައީސް ޢާޞިމް މުޙައްމަދެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިރެކްޓަރުންގެ ބޯޑަށް ޝާތިފް ޢައްޔަނު ކުރަށްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ޕީ.ސީ.ބީން ވަނީ އެ ބޯޑުގެ ޤާނޫނާއި ކޯޕަރޭޓް ގަވަރނަންސް ކޯޑާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި ޕީ.ސީ.ބީން ކުރިއަށްގެންދިޔަ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފައިނޭންޝަލް އަދި ގަވަރނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ޙިއްޞާކޮށް އެކަންކަން އިސްލާޙުކޮށްދެއްވުމަށް އެދިފައިވެއެވެ.
ހަމައެއާއެކު ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ޕީ.ސީ.ބީން މަޢުލޫމާތުދެއެވެ.
ޝާތިފް ޢަލީ ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީއިން މާސްޓަރ އޮފް މެނޭޖްމަންޓް ޙާޞިލުކުރައްވާފައެވެ. އެ ބޭފުޅާ މީގެ ކުރިން އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީންގެ މަޤާމާއި، ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރކަމުގެ މަޤާމް ހިމެނެއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެއްވުމާއި ހަމައަށް އޭނާ ހުންނެވީ ވެމްކޯގެ ސަދާރން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރގެ މަޤާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު