ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނައަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ޓެރަރިސްޓްގައި ދައުވާ ލިބޭ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދުގެ ދިފާއީ ހެކިތައް ބަލައިގަނެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި އެވެ.
ޓެރަރިޒަމްގެ މި މައްސަލާގައި ދަޢުލަތުން ދައުވާ ކޮށްފައިވަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި، މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
މި މައްސަލާގައި ތަހްމީން ދިފާއީ ހެކީގެ ގޮތުގައި ހަ ހެއްކެއް ހުށަަހަޅާފައިވަނީ މައިގަނޑު ދެ ކަމެއް ސާބިތުކޮށްދިނުމަށެވެ. އެއީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ތަނުގައި އޭނާ ނެތްކަން ސާބިތުކޮށްދިނުމަށާއި ގޮއްވާލި އައިޑީ ހަރުކޮށްފައިވަނީ ތަހްމީންގެ ސައިކަލެއްގައި ނޫންކަން ސާބިތުކޮށްދިނުމަށެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހުގެރޭ އޭނާ ހުރީ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނިމެންދެން މިސްކިތެއްގައިކަމާއި އޭނާއަކީ ސައިކަލެއް ގަތުމުގެ ގާބިލުކަންނެތް މީހެއްކަން ސާބިތުކުރުމަށެވެ.
ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާއިން ދިފާޢު ނަގަން އެދޭ މީހަކު ޝަރީޢަތުގެ މަރުހަލާގައި ވަކި ޚާއްސަ ގޮތަކަށް ދިފާޢީ ހެކި ހާމަކުރުމަށް އިޖުރާއަތެއް މިހިނދަށް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ދިފާޢުގައި ހެކި ހާމަކުރުމަށް އޮންނަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުންކަން ފާހަގަކޮށް ހައިކޯޓުން ބުނީ، މި މައްސަލައިގައި ހެކި ހާމަކޮށްފައިވަނ،ީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށްކަމަށެވެ.
ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ތަހްމީނަށް ދީފައިވާ ގާނޫނީ އިންޒާރުގައި ކުށުގެ ޢަމަލު ހިނގިތަނާއި ވަގުތު ހިމަނާފައި ނުވާތީ ކުށުގެ އަމަލު ހިންގި ތަނުގައި ނެތް ކަމުގެ ދިފާއު ނެގޭނެ ގޮތެއް ތަހުމީނަށް ނެތް ކަމަށެވެ. އެހެންވެ ބޮމުގެ ހަމަލާ ދިން ތަނުގައި ތަހްމީން ނެތްކަން ސާބިތުކުރަން ހުށަހެޅި ދެ ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި، ފަނޑިޔާރު ޙަސަން ޝަފީއު އަދި ފަނޑިޔާރު ހުޒައިފާ މުޙައްމަދެވެ.
މި މައްސަލައިގައި ދަޢުލަތުން އިފްތިތާޙީ ބަޔާން ހުށައަޅަމުން ބުނެފައިވަނީ ދަޢުވާ ލިބޭ ފަރާތްތަކުން ރައީސް ނަޝީދުގެ ލޭ ހުއްދަކޮށް ހަމަލާ ދޭން ދުރާލާ މަޝްވަރާތައް ކޮށްފައިވާކަމަށާއި، މި މަޝްވަރާތަކުގައި އިސްކޮށް އުޅުނީ ތަހުމީނު ކަމަށެވެ. އެގޮތުން ސައިކަލުގައި ތިން ދުވަސް ކުރިން އައިއީޑީ ހަރުކުރި ކަމަށާއި، އައިއީޑީން ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ ފެނުނު ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.
ދަޢުލަތުންބުނީ، ނީލޯފަރުގޯޅި ކަންމަތީ ސައިކަލު ޕާކުކުރީ އިސްހާގު ކަމަށާއި، އައިއީޑީ ގޮއްވާލި އަދުހަމް އަތަށް ރިމޯޓު ދިނީ ނާޒިމް ކަމަށެވެ. އޭގެއިތުރުން ހަމަލާއަށްފަހު އަދުހަމް ފިލުވީ މުޖާޒު ކަމަށާއި ހަމަލާގެ އެކި ކަންކަމުގައި މީހުން ދަތުރުކުރީ ފަހުމީ ދުއްވާ ޓެކްސީގައި ކަމަށް އިފްތިތާޙީ ބަޔާން އިއްވަމުން ދަޢުލަތުންބުނެފައިވެއެވެ.
ނަމަވެސް މައްސަލަ ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ ދައުވާއަށް އިންކާރު ކުރާކަމަށެވެ. އަދި އެދަޢުވާތައް ދަޢުލަތަށް ސާބިތުކޮށް ނުދެވޭނެކަމަށް ދަޢުވާލިބޭ ފަރާތްތަކުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ މެއި 6 ގެ އައިއީޑީ ގޮއްވާލި އަދުހަމަށް 23 އަހަރާއި 6 މަހާއި ނުވަ ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
ރައީސްް މުޙައްމަަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ޓެރަރިސްޓް ޙަމަލާއެއް ދީފައިވަނީ 2021 މެއި 6 ވަނަ ދުވަހުގެ ރޭ 8:32 ގައި ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތިން، ސައިކަލެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށްގެންނެވެ.
އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނު އުޅުއްވާފައިވެއެވެ. އެ ހަމަލާގައި ބުރައިގެން ދިޔަ ލޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަނެވެ. އެކަމާގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހުނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަށް އަވަހާރަކޮށްލަން ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު