ހައުސިން މިނިސްޓްރީއަށް ގޯތިދޫކުރެވޭނެ ކަަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މަޖިލީސް މެމްބަރު، އިބްރާހިމް ރަޝީދު، ބޮންޑޭ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒަށް ރައްދު ދެއްވައިފިއެވެ.
ބިމާއިބެހޭ ޤާނޫނު އޮތްގޮތުން މިނިސްޓްރީއަކަށް ގޯތި ދޫނުކުރެވޭނެކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުޢިއްޒަށް ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވީ ގިރާވަރު ފަޅާއި ގުޅީފަޅަކީ ގާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް އިިދާރީ ދާއިރާއެއްގައި އަދި އެއްވެސް ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދެއްނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުން އިޢުލާނު ކޮށްފައިވާގޮތަށް މާލޭ ސަރަޙައްދުން ގޯތިދޫކުރުމަށް ހުރަހެއް ނެތްކަމަށް ބޮންޑޭ ވަނީ ވިދާޅުވެފައެވެ.
ބޮންޑޭ ވިދާޅުވީ ހުޅުމާލެއަކީ ކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ތަނެއް ކަމަށާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ.
“ހުޅުމާލެ އަދިވެސް އޮތީ ހިއްކާ ތަރައްގީކުރުމުގެ މަރުހަލާގައި ސަރުކާރުގެ ކުންފުންޏެއްގެ ދަށުގައި ސަރުކާރުގެ ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައެވެ. މިހާލަތުގައި ސަރުކާރުން ގިރާވަރާ ގުޅީފަޅު އަދި ހުޅުމާލޭން ގޯތި ދޫކުރުމަށް މަނާކުރާނެ އެއްވެސް ގާނޫނީ ހުރަހެއްނެތެވެ.” މުއިއްޒަށް ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވިއެވެ.
މާލެއިން ގޯތިދޫކުރުމާ ގުޅޭގޮތުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ބިމާއި ބެހޭ ޤާނޫނުގެ 10 ވަނަ މާއްދާ އޮތް ގޮތުން ގޯތި ދިނުމުގެ މަސައްކަތުގައި އޮތް ޤާނޫނީ ހުރަހެއް ފާހަގަކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ބިމާއިބެހޭ ޤާނޫނު އޮތްގޮތުން ހައުސިންގ މިނިސްޓްރީއަށް މާލެ ސަރަހައްދުން ގޯތި ދެވޭނެ ހަމައެއް ނެތްކަމަށެވެ.
ބިމާއިބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގައި އޮންނަނީ ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އާއްމުކޮށް ޝާޢިއުކުރާ އުސޫލުތަކާއި ކަމާބެހޭ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންކަމަށެވެ.
މާލެ ސަރަހައްދުން މާލޭ މީހުންނަށް ގޯތި ދިނުމަށް ނިންމައި، ގޯތި ލިބޭ މީހުންގެ ލިސްޓު ސަރުކާރުން މިހާރުވަނީ ނެރެފައެވެ. އެގޮތުން ސަރުކާރުން ވަނީ 5000 ގޯތި ދޭނެ ފަރާތްތައް ކަނޑައަޅާފައެވެ. އަދި އެ ގޯތި ދިނުމަށް ވާންޖެހޭ ތައްޔާރިތައްވެސް ސަރުކާރުން އަންނަނީ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު