ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް"އާ ގުޅޭ މައްސަލަތަކެއްގެ ތަޙުގީގަށް ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި އެވެ.
މަންޑޭ ހައްޔަރުކުރަން އަމުރު ނެރުނީ ރޭގެ ވަގުތެއްގަ އެވެ.
މަންޑޭ ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު ފުލުހުންގެ ތަހުޤީޤަށް ހިފަހައްޓާފައި އޮތް ހަންބޯ ކުންފުނީގެ ރާއްޖޭގެ އެޖެންޓް، ހަސަން މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ފުލުުހުންނަށް ވަނީ އަމުރުކޮށްފައެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް ކޯޓުން ނިންމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރާނެކަމަށެވެ.
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށްގެންދާ ކުންފުނީގެ ރާއްޖޭގެ އޭޖެންޓުކަމަށްވާ ހަސަން މަމްދޫހުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނިންނާއި އަރބަންކޯއިންނެވެ.
މި މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.
ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، މަކަރާއި ހީލަތާ އޮޅުވާލުމުގެ ތެރެއިން ގިނަބަޔަކަށް ފްލެޓް ވިއްކައި އެމީހުންގެ އަތުން މަންޑޭ ވަނީ ފައިސާވެސް ނަގާފައި ކަމަށެވެ. އަދި ފްލެޓްތައް ވިއްކިއިރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހަދައި، ވިއްކި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މަންޑޭގެ އިތުރުން ޖައިޝަން ސައީދު ކިޔާ މީހަކު ސޮއިކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ޖައިޝަން އަކީ ކޭޕާ އެކު މަަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޯދި އިންވެސްޓްމަންޓްސްގައި މަންޑޭގެ އިތުރުން ހިމެނޭ ހިއްސާދާރެކެވެ. އެހެންކަމުން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ކުންފުނީގެ މައި ހިއްސާދާރު ޗައިނާގެ ޖިން ޝިހޫ ވަނީ މައްސަލަ ޕޮލިހަށް ހުށަހަޅައިފައެވެ. އަދި އާބަންކޯގެ ސަމާލުކަމަށްވެސް އެކަން ވަނީ ގެނެސްފައެވެ.
ކޭޕާކްގެ ޚިޔާނާތާއި ގުޅިގެން ނިއުޅެމުންދާ މަޢުލޫމާތަށް ބަލާއިރު މަންޑޭ ވަނީ އެއްވެސް އަގަކާއި ނުލައި މި ޖަރީމާ ހިންގުމަށް އޭނާއަށް އެހީތެރިވި ފަރާތްތަކަށް ހިލޭ ސާބަހަށް އެޕާޓްމެންޓުދީ އަދި އެމީހުން ފައިސާ ދެއްކި ކަމަށް ޑޮކިއުމެންޓް ހަދާދީފައެވެ.
މަހުޖަނެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުއްލިޔަކަށް މަޝްހޫރުވި މަންޑޭ ފަހަކަށްއައިސް އުޅެފައިވަނީ މުއްސަދި ދިރިއުޅުމެކެވެ. މަމްދޫހްގެ އެކުވެރިއަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފައިވަނީ އެޕާޓްމެންޓްތައް ވިއްކައި މިބޮޑު ޖަރީމާ ހިންގުމަށް މަމްދޫހަށް އެހީތެރިވެދިން ފަރާތްތައް ފައިސާ ދައްކައިގެން އެޕާޓްމެންޓްތައް ގަތްކަމަށް ޑޮކިމެންޓް ހަދައި ހިލޭ އެޕާޓްމެންޓްތަކާއި ގަރާޖްތައް ދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ހަމައެއާއެކު މިޚިޔާނާތުގެ ޙަޤީޤަތް ތިލަކުރުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިޖަރީމާގެ ތެރެއިން ފޯޖް ޑޮކްމެންޓްތައް ހަދައިގެން އެޕާޓްމެންޓް ހޯދައިގެން ތިބި މީހުންވެސް އެޕާޓްމެންޓްތަކުގެ މިލްކްވެރިކަމަށް ދައުވާ ކުރުން ކަމަށްވެއެވެ.
ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.
މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު