ހިޔާނާތްތައް އޮއްބާލާ ކަމަށް ތުހުމަތު ކުރަށްވައި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ، ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން އާރުޑީސީގެ 13 މިލިއަން ރުފިޔާގެ ހިޔާނާތްތުގެ މައްސަލަ އޮއްބާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އާރުޑީސީއާ ގުޅުވައިގެން ފެންމަތިކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި ދިވެހި ފުލުހުންނާއި، ޕީޖީ އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްބާލާކަން ފާހަގަވާ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ހިޔާނާތުގެ މައްސަލައަކީ ވެސް މިފަދަ ކަމެއްކަމަށާއި، މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއެ ކަމަށެވެ.
އެމައްސަލާގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ އޭނާއާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށްބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެއް ކަމަށެވެ.
"ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ޔާމިނެއް ނޫން، ކުރުވާހަކަ ލިޔާ އިރުވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ." އާރުޑީސީ އާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރާ ހަބަރު ދޮގުކުރަށްވަމުން މޫކޭ ވިދާޅުވިއެވެ.
އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ކުންފުނީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގެން ނެތް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އާރްޑީސީގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Dhaulathuge faisa ah khiyanaitheriva meehun himayaiykoh,efadha massalathakuga MPS,PG adhi court thakah nufoozfoaruva ohbaalakan RSolih ge midhauruga varah fahagavey.Mihaaru fenmathivefava RDC ge khiyanathge massala akeeves mifadha aanmukameh.Miee MDPge verikamehga ladhuvethikameh
— Mohamed Nasheed (@MohamedNasheed) July 5, 2023
އެމައްސަލާގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ އޭނާއާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށްބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެއް ކަމަށެވެ.
"ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ޔާމިނެއް ނޫން، ކުރުވާހަކަ ލިޔާ އިރުވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ." އާރުޑީސީ އާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރާ ހަބަރު ދޮގުކުރަށްވަމުން މޫކޭ ވިދާޅުވިއެވެ.
އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ކުންފުނީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގެން ނެތް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އާރްޑީސީގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު