ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ލާހޫރޭ ލީޑަރެއްކަމަށް ޕީޕީއެމްގެ އިވެންޓް ކޮމިޓީގެ ޗެއަރމަން މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި މުޙައްމަދު މިމޭރުމުން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އެހެން ކެނޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯދުމަކީ ބުއްދިވެރިކަމެއް ކަމަށް ދެކެލަށްވާ ކަމަށެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން މުޙައްމަދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ 2023 ގެ ރިޔާސީ ޓިކެޓް ވަނީ ރައީސް ޔާމީން އަބްދުލް ގައްޔޫމާ ހަވާލްކޮށްފައި ކަމަށެވެ. ހަމައެއާއެކު ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބްގަ ވާދަކުރުން ނުކުރުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއްކަމަށް މުޙައްމަދު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ޔާމީން ކަންކުރަންވާގޮތް ރައީސް ނަޝީދު ކިޔައިދެއްވުމަކީ ހަޑިކަމެއް ކަމަށްވެސް މުޙައްމަދު ވިދާޅުވިއެވެ.
“ނަޝީދު އާއި ޔާމީނަކީ ދެފިކުރެއް. ޤައުމީ ލީޑަރަކާ ލާހޫރޭ ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ.” މުޙައްމަދު ވިދާޅުވެފައިވެއެވެ.
ގުޅިހެން ކެނޑިޑޭޓެއް ނެރުމަށް ރައީސް ނަޝީދު ދެއްވި ދައުވަތަށް ޕީޕީއެމުން ދެކޮޅު ހަދާފައިވާއިރު، މީގެކުރިން ޖުމްހޫރީ ޕާޓީން ހުށަހެޅި ހުށަހެޅުމަށްވެސް ޕީޕީއެމުން ވަނީ ނޫނެކޭ ބުނެފައެވެ.
ޕީޕީއެމްގެ ލީޑަރޝިޕުން ތަކުރާރުކޮށް ބުނަމުންދަނީ ރައީސް ޔާމީން ފިޔަވައި އިތުރު ކެންޑިޑޭޓެއްގެ ވާހަކަ އެ ޕާޓީން ނުދައްކާނެކަމަށެވެ. އަދި ރައީސް ޔާމިންގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ކޮޅުގައި އޮންނާނެކަމަށްވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު