ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވީ ނުހަނު ފުރިހަމަ ޖަލްސާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ރޭބޭއްވި ޖަލްސާއަކީ ކާމިޔާބު ޖަލްސާއެއްކަމަށް ވިދާޅުވެ އެޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވަމުން ޤާސިމް ވިދާޅުވީ ރޭގެ ޖަލްސާއަކީ ނުހަނު ފުރިހަމަ ޖަލްސާއެއްކަން ޔަޤީން ކުރަށްވާ ކަމަށެވެ.
ޤާސިމް ވަނީ އެފަދަ ކާމިޔާބު ޖަލްސާއެއް ބާއްވާފައިވާތީ ޕާޓީގެ މުޢައްސިސް ޙަސަން ލަތީފަށާއި ރައީސް މުޙައްމަދު ނަޝީދަށާއި ޕާޓީގެ ޢާއްމު މެންބަރުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
ރޭގެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެެއާޕާސަންކަމުގެ މަގާމަށް އެޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އިންތިހާބުކޮށްފަ އެވެ.
ހަމައެއާއެކު ވަގުތީ ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އާއި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފުވެސް އިންތިޚާބު ކޮށްފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާގައި އެ ޕާޓީއެއްގެ ނަމާއި ކުލަތަކާއި ލޯގޯ އަދި އަސާސީ ގަވައިދު ފާސްކުރުމުގެ އިތުރުން ވަގުތީ ގޮތުން ޕާޓީ ހިންގާނެ ފަރާތްތައް އައްޔަން ކުރަން ޖެެހެ އެވެ. ޑިމޮކްރެޓުން ރޭ ބޭއްވި ޖަލްސާގައި އެ ކަންތައްތައް ވަނީ ފުރިހަމަ ކޮށްފައެވެ.
ރޭގެ ޖަލްސާ ނިންމައިލުމުގެ ކުރިން ހަސަން ލަތީފު ވިދާޅުވީ ޑިމޮކްރެޓުން އެކަންތައްތައް ރަނގަަޅަށް ފުރިހަމަކުރި ކަމުގެ ލިއުމެއް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށެވެ.

ދަ ޑިމޮކްރަޓްސް @TheDemocratsMV އުފެއްދުމަށް ބޭއްވީ ނުހަނު ކާމިޔާބު، އެހާމަ ފުރިހަމަ ޖަލްސާ އެއްކަން ޔަޤީން، ޑިމޮކްރަޓްސް ގެ މުއައްސިސް އުސްތާޛު @HassanLatheef އަށާއި، ރައީސް @MohamedNasheed އަށާއި، ތިޔަ ޕާޓީއަށްތާއީދުކުރައްވާ އެންމެހާ ފަރާތްތަކަށް ތަޙްނިޔާ އާއި މުބާރަކްބާދު… pic.twitter.com/XN3QGYMhTg
— Qasim Ibrahim (@qasimibrahim) July 6, 2023
ރޭގެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެެއާޕާސަންކަމުގެ މަގާމަށް އެޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އިންތިހާބުކޮށްފަ އެވެ.
ހަމައެއާއެކު ވަގުތީ ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އާއި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފުވެސް އިންތިޚާބު ކޮށްފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާގައި އެ ޕާޓީއެއްގެ ނަމާއި ކުލަތަކާއި ލޯގޯ އަދި އަސާސީ ގަވައިދު ފާސްކުރުމުގެ އިތުރުން ވަގުތީ ގޮތުން ޕާޓީ ހިންގާނެ ފަރާތްތައް އައްޔަން ކުރަން ޖެެހެ އެވެ. ޑިމޮކްރެޓުން ރޭ ބޭއްވި ޖަލްސާގައި އެ ކަންތައްތައް ވަނީ ފުރިހަމަ ކޮށްފައެވެ.
ރޭގެ ޖަލްސާ ނިންމައިލުމުގެ ކުރިން ހަސަން ލަތީފު ވިދާޅުވީ ޑިމޮކްރެޓުން އެކަންތައްތައް ރަނގަަޅަށް ފުރިހަމަކުރި ކަމުގެ ލިއުމެއް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު