މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޝާހު އިސްމާއީލް އައްޔަންކޮށްފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރުމަށް ނިންމާފައިވާ އެމްޑީއޭގެ އެސްޖީ ކަމަށް ޝާހު އައްޔަންކުރީ އިއްޔެ ހަވީރު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝާހު ޢައްޔަނުކުރުމާ ގުޅިގެން އެމްޑީއޭގެ ކައުންސިލް މެމްބަރ ޝުޢައިބު ޢަލީ ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. ޝުޢައިބު ވިދާޅުވީ ޝާހުގެ ހިންގުންތެރިކަމުގެ ހުނަރާއެކު އެޕާޓީގެ އަމާޒުތަކަށް ވާސިލުވެވޭނެ ކަމާމެދު ޝައްކު ނުކުރަށްވާ ކަމަށެވެ.





މީގެ ކުރިން ޝާހު ވަނީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު އަދާކުރަށްވާފައެވެ.

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމްގެ ކެޕްޓަންކަންވެސް ކުރަށްވާފައިވާ ޝާހުވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެމަޤާމުވެސް އަދާކުރައްވާފައެވެ. އޭގެ އިތުރުން ބައިނަލްއަޤުވާމީ ފުޓުބޯޅަ މެޗްތަކުގައި މެޗް ކޮމިޝަނަރކަންވެސް ޝާހު ވަނީ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު