މާލޭ ސިޓީކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުވާލައި ޖަލްސާ ހުއްޓުވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޖަލްސާ ދޫކޮށް ބައެއް ކައުންސިލަރުން ނިކުމެވަޑައިގެންފައިވަނީ އެޖެންޑާއާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގެ ސަބަބުންނެވެ. އެގޮތުން އެޖެންޑާގައި ހިމެނުއްވުމަށް އެބޭފުޅުން ހުށައެޅުއްވި ބައެއް ކަންތައްތައް އެޖެންޑާ ކޮށްފައިނެތުމުން ބައެއް ކައުންސިލަތުން ވަނީ ޖަލްސާއިން ވޯކް އައުޓް ކުރަށްވާފައެވެ.
މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާއަށް ކަނޑައަޅާފައިވާ އެޖެންޑާއަށް މޭޔަރު ވޯޓަށް އެހުމުން، ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އަހުމަދު އައިފާން ވަނީ އޭނާ ހުށަހެޅުއްވި ދެ މައްސަލައެއް އެޖެންޑާ ކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއަށްފަހު ޖަލްސާ ދޫކޮށް 9 ކައުންސިލަރުން ވަނީ ނިކުމެވަޑައިގެންފައެވެ.
ޖަލްސާ ދޫކޮށް ނިކުމެވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝްވެސް ހިމެނިވަޑައިގަންނަވައެވެ. ޖަލްސާ ދޫކުރައްްވައި ނުކުމެވަޑައިގެންނެވުމުގެ ކުރިން ކައުންސިލަރުން ވިދާޅުވީ އެޖެންޑާގައި ހިމެނުމަށް ހުށަހަަޅާ ކަންތައްތައް އެޖެންޑާކޮށްދެއްވަން ވާނެ ކަމަށާއި އެނޫން ގޮތަކަށް ޖަލްސާ ކުރިއަށް ގެންދިއުމަށް ތާޢީދު ނުކުރަށްވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މާލޭގެ މޭޔަރ ޑރ. މުޢިއްޒު ވިދާޅުވީ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ 72 ގަޑިއިރު ކުރިން ފޮނުވުމުން ޤާނޫނާ އެއްގޮތަށް އެކަމެއް އެޖެންޑާގައި ހިމަނުއްވާނެ ކަމަށެވެ. އަދި މިއަދު ވޯކްއައުޓް ކުރެއްވި ކައުންސިލަރުން މުއްދަތަށް ވުރެ ފަހުން ކަމެއް އެޖެންޑާ ކޮށްދެއްވުމަށް އެދިވަޑައިގެންނެވުމުން ދެން އޮންނަ ޖަލްސާއަކަށް އެކަން އެޖެންޑާ ކޮށްދެއްވާނެ ކަމަށް ވިދާޅުވިކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުވާލައި ޖަލްސާއިން ވޯކްއައުޓް ކުރެއްވި ކައުންސިލަރުންގެ ތެރޭގައި ޕީޕީއެމް އާއި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ކައުންސިލަރުން ހިމެނެއެވެ.
މާލޭ ސިޓީ ކައުންސިލްގައި 18 ކައުންސިލަރުން ހިމެނިވަޑައިގަންނަވައެވެ. މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުމުން ޖަލްސާ ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު