ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ދައުރުން ބޭރުން ބާއްވާ މި ޖަލްސާއަކީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހެޅުމާއި ގުޅިގެން ބާއްވާ ޖަލްސާއެކެވެ. އެގޮތުން މިއީ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާއެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ތިންބައިކުޅަ އެއްބައި މެންބަރުން ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށައަޅުއްވައިފިނަމަ، އެކަމެއް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ބާއްވަންޖެހޭނެއެވެ.
ހޯމަ ދުވަހު ހެނދުނު 9:00 ޖަހާއިރު އޮންނަ މިޖަލްސާގެ އެޖެންޑާގައި އޮތީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް ނިންމުމުގެ މައްސަލައެވެ.
މި މައްސަލައިގައި ގޮތެއް ނުނިމިގެން މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޖަލްސާ ބާއްވާކަން މަޖިލީހުގެ މެމްބަރުންނަށް މިހާރުވަނީ އަންގަވާފައެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދި ހިސާބުން އެ ދެބޭފުޅުން ވަނީ މަޖިލީހުގެ ރިޔާސަތާއި ދުރަށް ވަޑައިގެންފައެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ ޖަލްސާއެއްގައި ރަނގަޅު މަސައްކަތެއް ނުކުރާތާ އެތައް ދުވަހެއްވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު