ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ 6 ލޯންޗް ފެރީ އެއަތޮޅަށް ފުރައިފިއެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގައި ބޭނުންކުރާ ފެރީތައް ބަނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔައީ އަލްޝާލީ މެރިންއާ ހަވާލުކޮށްގެންނެވެ.
އެމް.ޓީ.ސީ.ސީން ބުނީ މި ލޯންޗް ފެރީތަކަކީ އާރްޓީއެލް ފޭސް 1 ގައި ބޭނުން ކުރި ފެރީތައް ފަދައިން ކޮންޑިޝަން ރަނގަޅު ފެރީތަކެއް ކަމަށެވެ. އަދި މިހާރު ބޭނުން ކުރާ ލޯންޗް ފެރީތަކަށް ވުރެ މިފެރީ ސައިޒުން ބޮޑުވެ ޖާގައިގެ ގޮތުން ތަނަވަސް ވާނެ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ މިމަހުގެ 13 އިން 19 އަށް ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތް ހިލޭ ލިބޭނެ ކަމަށެވެ. އަދި އަގުނަގައިގެން ދަތުރުތައް ފަށާނީ 20 ވަނަ ދުވަހުން ފެށިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ ހުވަދު އަތޮޅަށް ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފަށާނީ ހަ ލޯންޗާއެކު ކަމަށެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1ގެ ދަށުން، ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި ޅ.އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ޚިދުމަތްވަނީ ފަށާފައެވެ.
މި އަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަށް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

Huvadhu atoll ge RTL hidhumaiy feshumah hihfaseyha, speed baaru ulhadhuthah furaifi. 13th July in 19 July ah hiley dhathuru kureveyne. 20 July in feshigen agu nagaigen dhathuru thah fesheyne. Hidhumaiy beynun kurahvaa beyfulhunah niyaama dhathuru thakakah edhen. pic.twitter.com/V4fTGRGQI1
— Adam Azim (@adamazim) July 6, 2023
އެމްޓީސީސީން ބުނީ ހުވަދު އަތޮޅަށް ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފަށާނީ ހަ ލޯންޗާއެކު ކަމަށެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1ގެ ދަށުން، ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި ޅ.އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ޚިދުމަތްވަނީ ފަށާފައެވެ.
މި އަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަށް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު