ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖުގައި ބޭނުންކުރާ ޕްރީކާސްޓް ސެގްމެންޓްތައް ވެގެން ދާނީ ދުނިޔޭގައިވެސް ބްރިޖެއްގައި ބޭނުންކުރާ އެންމެ އުސް ސެގްމެންޓްތަކަށް ކަމަށް އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު އެއްގަމުން ގުޅާލުމަށް ބިނާކުރާ ބްރިޖެކެވެ. އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ބްރިޖްގެ ޕްރީކާސްޓް ސެގްމެންޓްތައް އެޅުމުގެ މަސައްކަތް ގުޅީފަޅުގައި މިހާރު ވަނީ ފަށައިފައެވެ.
ދިގުމިނުގައި 8.177 މީޓަރު ހުންނަ މި ސެގްމެންޓްތަކަކީ ދުނިޔޭގައިވެސް ބްރިޖެއްގައި ބޭނުންކުރާނެ އެންމެ އުސް ސެގްމަންޓްތަކެވެ. ސެގްމެންޓްތައް ނިމެމުންދާ ވަރަކަށް ތަނބުތަކަށް އިންސްޓޯލް ކުރަމުން ދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން މަޢުލޫމާތުދެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ތިން ބްރިޖް އަޅާނެ އެވެ. އެއީ މާލެއާ ވިލިމާލެ، ވިލިމާލެއާ ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ގުޅައިލަން އަޅާ ތިން ބްރިޖެވެ. އަދި ތިން ކޯޒްވޭ އަކާއި އެކު 6695 މީޓަރުގެ ދިގު ރޯޑް ނެޓްވޯކެއް އަޅާނެ އެވެ.
މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މިމަސައްކަތަށް ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ ސަރުކާރުން ދޭ ލޯނާއި އެހީގެ ދަށުން ބިނާކުރާ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ.

Greater Male Connectivity Project Update#GMCP’s Bridge to get World’s tallest precast segments - 8.177m in Long Line casting method, being produced at Gulhifalhu.#GMCP consists of 3️⃣ bridges, 3️⃣ causeways & a road network of 6️⃣6️⃣9️⃣5️⃣m.
— India in Maldives (@HCIMaldives) July 8, 2023
🇮🇳🇲🇻Partners in Progress!! pic.twitter.com/9dUDDYLuxV
މި ޕްރޮޖެކްޓްގެ ދަށުން ތިން ބްރިޖް އަޅާނެ އެވެ. އެއީ މާލެއާ ވިލިމާލެ، ވިލިމާލެއާ ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ގުޅައިލަން އަޅާ ތިން ބްރިޖެވެ. އަދި ތިން ކޯޒްވޭ އަކާއި އެކު 6695 މީޓަރުގެ ދިގު ރޯޑް ނެޓްވޯކެއް އަޅާނެ އެވެ.
މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މިމަސައްކަތަށް ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ ސަރުކާރުން ދޭ ލޯނާއި އެހީގެ ދަށުން ބިނާކުރާ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ.
ކިޔުންތެރިންގެ ހިޔާލު