ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައެވެ.
ރައީސް މިއަދު ވިދާޅުވީ ދެ ކޮމަންޑޫގެ ވާހަކަ ދެން އަޑު އިވޭނީ އެއް ކޮމަންޑޫގެ ގޮތުގައި ކަމަށެވެ. އަދި މަތިކޮމަންޑޫގައި އަސާސީ ހިދުމަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅައިދޭނަން،" ރައީސް ވިދާޅުވި އެެވެ.
ރައީސް މިއަދު ވިދާޅުވީ ވަރަށް އަވަހަށް ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އެގޮތުން އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރ މާދަމާ ހއ. އިހަވަންދުއަށް ދާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމަށްފަހު ދެން އަމާޒު ހިފާނީ ކޮމަންޑުއަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދުވަނީ ކޮމަންޑޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަށްވާނެ ކަމަށާއި ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ހަމައެއާއެކު ސަރުކާރުތަކުގެ ޕަރފޯމަންސް މިނެކިރުމަށްފަހު ރިޔާސީ އިންތިޚާބުގައި ގޮތެއް ކަނޑައެޅުއްވުމަށް ރައީސް މިއަދު ކޮމަންޑޫ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބު ކެމްޕެއިން ޖަލްސާ ކޮމަންޑޫގައި ކުރިއަށް ދަނީ.
— MDP Secretariat (@MDPSecretariat) July 9, 2023
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/Av1e3c2fln
ރައީސް މިއަދު ވިދާޅުވީ ވަރަށް އަވަހަށް ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އެގޮތުން އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރ މާދަމާ ހއ. އިހަވަންދުއަށް ދާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމަށްފަހު ދެން އަމާޒު ހިފާނީ ކޮމަންޑުއަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދުވަނީ ކޮމަންޑޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަށްވާނެ ކަމަށާއި ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ހަމައެއާއެކު ސަރުކާރުތަކުގެ ޕަރފޯމަންސް މިނެކިރުމަށްފަހު ރިޔާސީ އިންތިޚާބުގައި ގޮތެއް ކަނޑައެޅުއްވުމަށް ރައީސް މިއަދު ކޮމަންޑޫ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު