މީގެކުރިން މަޝްރޫޢުތައް ދިޔައީ މަރޮށީގެ މަތިން ކަމަށާއި ނަމަވެސް މިސަރުކާރުން ތަފާތު ދައްކައިދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒާހިރު މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރައީސް ޞާލިޙް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މަރޮށީގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ މަރޮށީ ރައްޔިތުންގެ ޗޮއިސްއަކީ ރައީސް ޞާލިޙް ކަމަށާއި މިސަރުކާރުން އެރަށަށް ގެނެސްދިން ހެޔޮ ބަދަލުތައް ރައްޔިތުން ބަލައިގަންނަ ކަމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ ރައީސް ޞާލިޙްގެ ޒަޢާމަތުގައި މަރޮށީ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށާއި މަރޮއްޓަށް އެންމެ ގިނައިން ވަޑައިގެންނެވި ރައީސަކީ ރައީސް ޞާލިޙު ކަމަށެވެ.

"ކުރީގެ ސަރުކާރުތަކުގައި މަރޮށި އޮތީ ތަރައްގީގެ މަޝްރޫއުތަކުން ވަރަށް ބޮޑަށް ބާކީވެފަ. މަޝްރޫއުތައްދަނީ މަރޮށީ މަތިން ލައިފައި." މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ މި ފަސް އަހަރުގެ ތެރޭގައި މީގެ ކުރިން މަރޮށީގައި ނުހިންގޭ އެތައް މަޝްރޫއެއް ހިންގަމުން އަންނަ ކަމަށާއި އެހެންކަމުން ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބު ކުރުމަށް ރައްޔިތުން ތިބީ ތައްޔާރަށް ކަމަށްވެސް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ކޮމަންޑޫ އަށެވެ. މަރޮށިން އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ނޫމަރާ އަށެވެ. ރައީސް މި ދަތުރުފުޅު ނިންމަވާލައްވާނީ މިރޭ ފޯކައިދޫންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން