ރައީސް ޞާލިޙް ށ އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ބޭނުން ކުރައްވަމުން ގެންދަވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ތިއްބަވާ ރައީސުން ރިޔާސީ ކެމްޕޭންގެ ދަތުރުތަކުގައި ދަޢުލަތުގެ އުޅަނދުތައް ބޭނުންކުރާތީ އެކަމުގެ ކަންބޮޑުވުން ސިޔާސީ ބޭފުޅުން ފާޅުކުރަށްވާފައިވެއެވެ. ނަމަވެސް ރައީސް ޞާލިޙް މިވަނީ އެކަމަށް ނިމުން ގެންނަވައި އެކަމުގައިވެސް ތަފާތު ދައްކަވާފައެވެ.

ރައީސް ޞާލިޙްގެ ކެމްޕޭން ޓީމުން ބުނީ ރިޔާސީ ޕްރައިމަރީގެ ދަތުރުތަކުގައިވެސް ރައީސް ބޭނުންކުރެއްވީ އެމްޑީޕީން ކުއްޔަށް ހިފި ލޯންޗެއް ކަމަށެވެ. އަދި ރިޔާސީ ކެމްޕޭންގެ ދަތުރުތައްވެސް ކުރަށްވާނީ އެ އުސޫލުން ކަމަށް ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ.

ދަޢުލަތުގެ މުދަލާ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭން ކުރުމަކީ އާއްމު އިންތިޚާބާ ބެހޭ ޤާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން ރައީސް ޞާލިޙް މިހާރު ވަޑައިގެން އުޅުއްވަނީ ށ. އަތޮޅުގައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމްޑީޕީގެ އިސް ފަރާތްތަކާއި، އަންނަ ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވާ ޢަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން