އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ށ.ނޫމަރާ ރައްޔިތުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ނޫމަރާއަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިޤުބާލަށް ރަށުގެ ކުދިބޮޑު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ. ރައީސް ނޫމަރާއަށް ވަޑައިގެންފައިމިވަނީ ކޮމަންޑޫ އާއި މަރޮށީގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދެޖަލްސާއެއް ބޭއްވެވުމަށް ފަހުއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ށ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެއީ ށ.ކޮމަންޑޫ، މަރޮށި، ނޫމަރާގެ އިތުރުން ފޯކައިދުއެވެ. މި ދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި އަދި ނޫމަރާގައި ކަންމަތީ ޖަލްސާ ބާއްވަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ފޯކައިދޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާ، އެ މަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެއެވެ. އެ ޖަލްސާއަކީ އެމަނިކުފާނުގެ ކެމްޕެއިން ފެށުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.
ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޯލިޝަން ބައިވެރިން ކަމަށްވާ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله އާއި އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ހަމައެއާއެކު އެމްޑީޕީގެ އިސްބޭފުޅުންވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމަށް ރައީސް ށ. އަތޮޅަށް ވަޑައިގެންފައިވާއިރު އެމްޑީޕީން އިއްޔެ ވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތައް ފަށާފައެވެ.
ރައީސް ޞާލިޙްގެ ކެމްޕޭނު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ވެސް އެޕާޓީން މިހާރު ވަނީ ފަށައިފަ އެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.

— MDP Secretariat (@MDPSecretariat) July 9, 2023

ކިޔުންތެރިންގެ ހިޔާލު